ޚަބަރު އިޖުތިމާޢީ

މަނަދޫ މަރު: ހަށިގަނޑުގައި ޒަހަމްތަކެއް،ރަށަށް އަރައި ފައިބާ ނަމަ ފުލުހަށް އަންގަން އެދެފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދު އިރުއޮއްސިގެން އައި ވަގުތު ނ. މަނަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ މަރުގައި ޝައްކު ކުރެވޭ ކަންކަން ހުރުމުގެ ސަބަބުން، ރަށަށް އަރާ ފައިބާ ނަމަ ފުލުހަށް އެނގުމަށް އެދިފައިވާކަމަށް މަނަދޫ ކައުންސިލުން ބުނެފިއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާގޮތުން އެމީހާގެ ހަށިގަނޑުގެ 21 ތަނަކަށް ވަނީ ވަޅި ހަރާފައެވެ. އަދި އެމީހާގެ ކަރަށް ފުންޒަހަމެއް ދީފައިވާކަމަށްވެސް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.

މަނަދޫ ކައުންސިލުގެ ރައީސް އަބްދު ރަހްމާން ސަބީހް "ދެން" އަށް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގައި ޝައްކު ކުރެވޭ ކަންތައް ތަކެއް ހުރިކަމުގެ މައުލޫމާތު ލިބިފައިވާނަަމަވެސް އެއީ ކޮން ކަމެއްކަން އެނގިފައިނުވާކަމަށެވެ. އަދި އެމީހާގެ ހަށިގަނޑުން ޒަހަމެއް ފެނިފައިވާކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޒަހަމްތަކެއް ހުރި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި އެބަހުރި އެކަމަކު އަޅުގަނޑަށް އަދި އެކަމުގެ ޔަގީން މައުލޫމާތެއް ނުލިބޭ" ސަބީހު ވިދާޅުވިއެވެ.

އެމީހާގެ މަރާ ބެހޭގޮތުން ފުލުހުން ބުނީ

މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުންދިޔަ 62 އަހަރުގެ އަންހެނެއްގެ ހަބަރު ނުވާ ކަމަށް މިއަދު އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓު ލިބުމުން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އަންހެން މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!