މަޙްލޫފްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދަނީ
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، އެސްއީޒެޑް ބިލަށް ވޯޓުު ދިނުމަށްޓަކައި 33،000 ޑޮލަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ނެންގެވި ކަމަށް ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޚުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދަން ނިންމާފައިވަނީ މައްސަލަ އޮތް ހިސާބުން އަލުން މުރާޖާކޮށް ބެލިއިރު އެއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފަިއސާކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ފެންނާތީއެވެ. ޕީޖީ އޮފީހުން ވަނީ މިމައްސަލަ އަނބުރާ ގެންދިއުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.
މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއް ކަމަށް ބެލެވޭނެ ހެއްކެއް މަދަނީ މިންގަނޑުން ބަލާއިރު ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، މައްސަލަ މީގެ ކުރިން ބޭރުކޮށްލި އެވެ. ކްރިމިނަލް ކޯޓުން އަލުން މި ޝަރީއަތް ހިންގަނީ މައްސަލަ ބޭރުކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ކަނޑައަޅައި އަލުން ބަލަން އަމުރު ކުރުމުންނެވެ.
މިދެން ހާދަ ހެއްވާ ކަމެކޭ.. އެންމެ މީހަކު ކެއީމަ މައްސަލްއަކަށް ވަނީ.. އެހެން ހުރިހާ މީހުން ކާވަރުން ކައިގެން ހިނިއައިސްފަ ތިބެންވީ..