މެދުއިރުމަތި ދުނިޔެ

އިސްރާއީލުގެ އާއްމުން ފަލަސްތީނު ރައްޔިތުންގެ މުދަލަށް ގެއްލުންދީ ނަޢަމް ސޫފި މަރަނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހައްދު ފަހަނައަޅާފައިވާ އިސްރާއިލުގެ އާއްމު ރައްޔިތުން، ފަލަސްތީނު ރައްޔިތުންގެ މުދަލަށް ގެންލުންދީ ނަޢަމް ސޫފިތައް މަރަމުން އެބަދެއެވެ.

Ads by Sosun Fihaara

ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމުގައިވާ ޓައިމްސް އޮފް ޣައްޒާގައި ބުނެފައިވާގޮތުގައި އިސްރާއިލުގެ އާއްމުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ކާޑުގެ ބަސްތާތައް ފަޅާލައި ކާޑުގެ ބާވަތްތައް އުކާލައިފައެވެ. އަދި އެމީހުންގެ ކަންބަޅި ބަކަރިތައް މަރައި ދުއްވާ ތަކެއްޗައް ވެސް ވަނީ އެކިވަރުގެ ގެއްލުން ދީފައެވެ.

ފޭރިގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ވެގަނެގެން އުޅޭ ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ އާއްމުންވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެތައް ފުރައްސާރައަކާއި އަނިޔާތަކެއް ދެމުންދާއިރު އިސްރާއީލުގެ ސިފައިންދަނީ ފަލަސްތީނުގެ ނިކަމެތި އާއްމުންނަށް ލާއިންސާނީ އެތައް އަނިޔާތަކެއް ދެމުންކަން ފާހަގަކޮށްލެވެއެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނުގެ އެތައް ބަޔަކަށް ލާއިންސާނި އަނިޔާ ދީ  ޒަހަމް ކޮށްލާފައިވާއިރު، އަލްއަޤްޞާ މިސްކިތްވެސް ބަލައި ފާސްކޮށް ފަލަސްތީނުގެ އެތައް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ދީފައެވެ.

މީގެ އިތުރުން ނަބްލޫސްގައި އިޒްރޭލު ސިފައިން ވިހަ ގޭހުން ކެނިސްޓާތަކަކުން ދިން ހަމަލާތަކެއްގައި 12 މީހުން ޒަހަމްވެފައިވާ އިރު، އުތުރުގެ ސިޓީއެއް ކަމަށްވާ ހެބްރޮން ކައިރީގައި އޮންނަ ބެއިޓް އުއްމާރު އަވަށުގައި އެކަކަށް ވަނީ ލައިވް ބަޑިން ހަމަލާދީފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!