ޚަބަރު ދުނިޔެ

އީރާނުގައި ބުރުގާ ނާޅާ އަންހެނުން ދެނެގަންނަން ކެމެރާ ހަރު ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އީރާނުގެ އާއްމު ތަންތަނުގައި ބުރުގާ ނާޅައި އުޅޭ އަންހެނުން ދެނެގަތުމަށްޓަކައި، އެކި ހިސާބުތަކުގައި ކެމެރާތައް ހަރު ކުރަން ނިންމައިފިއެވެ. މިގޮތުން އާއްމުން އެއްވެ އުޅޭ ތަންތަނުގައި ކެމެރާ ހަރު ކުރުމުގެ މަސައްކަތް، މިހާރު ވަނީ ފަށައިފައެވެ.

Ads by MWSC
Ads by Sosun Fihaara

މިކަން ކުރުމުގެ ބޭނުމެއް ކަމުގައި، އެ ޤައުމުގެ ފުލުހުން ވިދާޅުވަނީ، އާއްމުތަންތަނުގައި ބުރުގާ ނާޅައި އުޅޭ އަންހެނުންނަށް އެކަމުގެ ނަތީޖާއާ ބެހޭ ގޮތުން އިންޒާރުގެ މެސެޖުތައް ފޮނުވައި، އެފަދަ އަންހެނުން ބުރުގާ އެޅުވުމެވެ.

އީރާނުގައި ބުރުގާ އުސޫލާ ޚިލާފުވެގެން ހައްޔަރު ކުރި ކުރުދީ ޒުވާން އަންހެނެއް ކަމަށްވާ މަހްސާ އަމީނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމާއި ގުޅިގެން އެގައުމުގައި ވަނީ މިދިޔަ އަހަރު ފުޅާ ދާއިރާއެއްގައި މުޒާހަރާކޮށްފައެވެ.

ބުރުގާ އަޅައި އައުރަ ނިވާ ކުރުމަށް އިސްލާާމްދީން އަންގަވައިފައިވާއިރު، އީރާނުގެ ޤާނޫނުގައި ވެސް ބުރުގާ އެޅުމަކީ މަޖުބޫރު ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!