Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ދިވެހި ސިނަމާ

ހުރިހާ ޔާރުންނަކާ އެކީ ބަލާލެވޭ "ޔާރާ" މިމަހު ރިލީޒް ކުރަނީ

ހުރިހާ ޔާރުންނަކާ އެކީ ބަލާލެވޭ "ޔާރާ" މިމަހު ރިލީޒް ކުރަނީ

މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެންމެ ގިނައިން ފެންނަ އެއް ޕޯސްޓަރު ތަކަކީ، "އާރް2ޒެޑް" އާއި ބައިސްކޯފު ގުޅިގެން އުފައްދާ ވެބްސީރީޒް "ޔާރާ" ގެ ޕޯސްޓަރު ތަކެވެ. 

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހްމަދު އިޤްބާލް (އައިކިޔު) ލިޔެ، ރިޝްމީ ރަމީޒް ޕްރޮޑިއުސްކޮށް ޑައިރެކްޓު ކޮށްފައިވާ "ޔާރާ" އަކީ އާއިލާއާއެކު ވެސް މުނިފޫހިފިލުވާލުމުގެ ގޮތުން ބަލާލެވޭނެ ރޮމްކޮމް އެކެވެ. 

ގިނަތަރިންތަކެއް ފެނިގެންދާ މި ސީރީޒް ރިލީޒް ކުރުމަށް މިހާރު ތައްޔާރުވެފައިވާއިރު، މި ސީރީޒްގެ މަސައްކަތަށް ވެސް ވަނީ ގިނަ އަހަރުތަކެއް ވެފައެވެ. އެގޮތުން "ޔާރާ" ގެ ސްކްރިޕްޓް ލިޔަން އައިކިޔު އެންމެ ފުރަތަމަ ފަށާފައިވަނީ 2016 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ ފިލްމެއްގެ ގޮތުގައި އުފައްދަން ހިޔާލުކުރި މިސީރީޒްގެ ޝޫޓިންގް ފަށާފައިވަނީ 2020 ވަނަ އަހަރުގައެވެ. 

Advertisement
Allied Insurance — Square (box)
[caption id="attachment_181404" align="alignnone" width="1024"] ޔާރާގެ ޕޯސްޓަރުތައް[/caption]

"ޔާރާ" މި ސީރީޒްގެ ޝޫޓިންގް ފެށިގެން ބެލުންތެރިންނާ ހަމައަށް އައުމަށް މިހާ ގިނަ ދުވަސްވީ ކީއްވެތޯ ސުވާލު ކުރުމުން "ދެން" އަށް މައުލޫމާތު ދެމުން ޑައިރެކްޓަރ ރިޝްމީ ބުނީ، ސީރީޒް ރިލީޒް ކުރަން މިހާ ގިނަ ދުވަސްވީ 2020ވަނަ އަހަރު މުޅި ރާއްޖެއަށް ވެސް ފެތުރުނު ކޮވިޑް-19ގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ޝޫޓިންގް މެދުކެނޑުމުން ކަމަށެވެ. 

"ކޮވިޑްގެ ސަބަބުން ފިލްމުގެ ޝޫޓިންގް މެދުކެނޑުނު، އޭގެ ފަހުން ސީރީޒެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމުމުން ވެސް ރިލީޒް ކުރުން ލަސްވެގެން ދިޔަ. މީގެ އިތުރުން މިއީ ރަނގަޅު ޕްރޮޑަކްޓަކަށް ހަދަން އެއްވެސް ކޮމްޕްރޮމައިސެއް ވެސް ކުރަން ބޭނުން ނުވުމާއެކީ ބޮޑަށް ލަސްވެގެން ދިޔައީ" ރިޝްމީ ބުންޏެވެ. 

ހަތަރު ސީޒަނަކަށް ބަހާލައިގެން ދައްކާ "ޔާރާ" ގައި މެއިން ލީޑުން ފެނިގެންދަނީ ރިޝްމީ އާއި އަޙްމަދު އަޒްމީލް (އަޒޭ) ގެ އިތުރުން މަރިޔަމް އައްޒަ އާއި މުހައްމަދު ވިޝާލް (ރޯމަން) އެވެ. މި ހަތަރު ތަރިންގެ އިތުރުން ދެން އެންމެ ޚާއްސަ ގޮތެއްގައި މި ސީރީޒްއިން ފެނިގެންދާނީ އާމިނަތު ރަޝީދާ (އައިންތު)، ނުޒުހަތު ޝުއައިބު (ނުޒޫ)، ޙުސެއިން ޝަދްޔާން (ސޭންޑީ)، ޝަރާ އާދަމް، އިސްމާއިލް ޖުމައިހް (ޖުމާ)، މަރްޔަމް ވަހީދާ (ޔަމް)، ލަމްހާ ލަތީފު (ލަމް)، އަހްމަދު ޝާރިފް އަދި ނަތާޝާ ޖަލީލް އެވެ.  

މިތަރިންގެ އިތުރުން "ޔާރާ" ގައި މުހިންމު ރޯލުތަކުން ފެނިގެންދަނީ މަލީހާ ވަހީދު (މަލް)، އާމިނަތު ސިލްނާ، އާމިނަތު ރިޝްފާ (ބަބްލްސް)، އާސިމް އަލީ، އައިޝަތު އަލީ (އައިޝާ)، ޝަރަފް ޢަބްދުﷲ، އައިޝަތު ގުލްފާ (އައިޝާ)، މައިހާ އާދަމް، ޝަހާ އަދުނާން، އަޙްމަދު އިޝާރް، އަޙްމަދު އަބާން، ޒުލެއިޚާ މަނިކެ އަދި މަރިޔަމް ޢަބްދުލް ޙަލީމް އެވެ. 

ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ "ޔާރާ" ގައި ހިމެނޭ ހުނަރުވެރި އެކްޓަރުންގެ އެކްޓިންގާމެދު ރިޝްމީ ބުނީ، އެންމެންގެ އެކްޓިންގްވެސް ވަރަށް ފުރިހަމަވެފައި މޮޅު ކަމަށެވެ. 

"ބައެއް ތަރިންގެ ފަރާތުން ވަރަށް ސަޕްރައިސިންގް ޕާފޮމަންސެއް ފެނިގެންދިޔަ. 'އެހެނަސް' ގައި އަލަށް މި ދާއިރާއަށް ނުކުތް ވަރަށް ގިނަ ކުދިން މީގަ އުޅޭތީ ފާހަގަ ކޮށްލަން ފުރަތަމަ ޕާފަމެންސަށްފަހު ވަރަށް ބޮޑު ކުރިއެރުމެއް މީގެން ފެނިގެން ދިޔަކަން" ރިޝްމީ ބުންޏެވެ. 

މީގެއިތުރުން ރިޝްމީ ބުނީ "ޔާރާ" މި ސީރީޒަކީ ހިތްހަމަ ޖެހޭ ވަގުތުކޮޅެއް ޔާރުންނާއެކީ ހޭދަކޮށްލަން ބަލާލަން ރަނގަޅު ސީރީޒެއް ކަމަށާއި ނަމަވެސް ގިނަ ޓްވިސްޓްތަކެއް މީގެން ފެނިގެންދާނެ ކަމަށް އުންމީދު ނުކުރުމަށެވެ. 

"މިއީ ވަރަށް ބުރަ ބޮޑު މަސައްކަތެއް މުޅި ޓީމުގެ އެންމެންގެ ވެސް" ނިންމާލަމުން ރިޝްމީ ބުނެފައިވެއެވެ. 

"ޔާރާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ބައިސްކޯފުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް