ޚަބަރު އިޖުތިމާޢީ

އަމީނީމަގުގެ މަސައްކަތް ދާގޮތުން ރައްޔިތުންނަށް ދަނީ ނަފްސާނީ، އިޖްތިމާޢީ ގެއްލުންވަމުން: މޭޔަރު މުއިއްޒު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަމީނީމަގުގެ މަސައްކަތް ދާގޮތުން ރައްޔިތުންނަށް ދަނީ ނަފްސާނީ، އިޖްތިމާޢީ ގެއްލުންވަމުން ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ވަމުންދާ ގެއްލުންތަކުގެ ވާހަކަ އެރައްޔިތުން ދަނީ ކައުންސިލާއި ހިއްސާ ކުރަމުން ކަމަށެވެ. އަދި ކައުންސިލުގެ އަޑު އެއްފަހަރު ނަމަވެސް އަހައިލުމަށް އެދޭ ކަމަށެވެ.

"އަމީނީމަގުގެ މަސައްކަތް ދާގޮތުގެ ސަބަބުން ރައްޔިތުން ދަނީ ވަރަށް ބޮޑެތި ތަކްލީފު އުފުލަމުން. ނަފްސާނީ، އިޖްތިމާޢީ އެތައް ގެއްލުމެއްވަމުން. ރައްޔިތުން ދަނީ ކައުންސިލާއި މިކަންކަން ޙިއްސާ ކުރަމުން. އަޅުގަނޑު އެދެނީ ސަރުކާރުން ކައުންސިލްގެ އަޑު އެހުމަށް. އެންމެ ފަހަރަކު ނަމަވެސް...!" މޭޔަރ މުއިއްޒު ވިދާޅުވިއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ގޮތުން މަގު ބޭނުންކުރާ މީހުންނަށް ދާއިމީ ދަތިކަމެއް ކުރިމަތިވެދާނެ ކަމަށް މީގެ ކުރިންވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މުއިއްޒު ވަނީ އަމީނީ މަގު 39 މިލިއަން ރުފިޔާއަށް ހެދެން އޮއްވައި، މިހާރު ހަދަމުންދަނީ 84 މިލިއަން ރުފިޔާ އަށްކަމަށް ވިދާޅުވެ އެކަމާއި ފާޑުކިޔުއްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!