Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވޯޓް ގަނެގެން ވެސް ރައީސް ދެވަނަ ދައުރަކަށް އިންތިޚާބު ކުރާނަން

ވޯޓް ގަނެގެން ވެސް ރައީސް ދެވަނަ ދައުރަކަށް އިންތިޚާބު ކުރާނަން
ރައްޔިތުންގެ އަތުން ވޯޓު ގަނެގެންވެސް ރައީސުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ މަސްވެރިންނަށް ސަރުކާރުން ވަމުންދާ އިހުމާލުތަކާއި ގުޅިގެން މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ޖާބިރު ވަނީ މިޤަރާރަށް ވާހަކަ ދެއްކުމުގެ ބަދަލުގައި މަޖިލީހުގައި އަޑުހަރުކޮށް ސިޔާސީ ކަންކަމައި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ޞާލިހަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ފެއިލްވެފައިވާ ބޭފުޅެއްކަމަށެވެ. އަދި ރައީސް ޞާލިހަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭ ރިޔާސީ ދެވަނަ ދައުރެއް ލިބެންޖެހޭ ބޭފުޅެއް ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓު ގަނެގެންވެސް ރައީސަށް ދެވަނަ ދައުރެއް ހޯދާނެކަމަށެވެ.
އިބްރާހިމް މުހައްމަދު ޞާލިހު ރާއްޖޭގެ ވެރިކަމަށް ދެވަނަ ދައުރަށް އަޅުގަނޑު ހޮވާފީމޭ. ވޯޓު ގަނަގެންވެސް އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް ހޮވާނަމޭ. ސާފުތޯ. އަޅުގަނޑު މިރެޑީވަނީ މަޖިލީހުގެ ރައީސްކަމަށް. އަންނި ޖެހޭނީ ފައިބާން. ފައިބާން ޖެހޭނީ.
– ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ފޭބުމަށް ގޮވާލާފައެވެ. އަދި މަޖިލިސް ރައީސްކަމަށް ނަޝީދު ގެނައީ އޭނާ ޚަރަދުކޮށްގެންކަމަށް ބުނެ ރިޔާސަތުން ނަޝީދު ފޭބުމަށް ވަނީ ގޮވާލާފައެވެ.
ތިގޮޑީގަ އިންނަ ރައީސް ނަޝީދަކީ ގުއިވަޅު ޖަހައިގެން، ޖުއިރޭ މީހެއް. ކެނެރީގެ ފެއިލްވުމަކީ މުޅި ރާއްޖެ ފެއިލްވުމެއް ނޫން. އަޅުގަނޑު މިއަދު މިއަންގަނީ ރައީސް ނަޝީދު ތިރި ގޮޑިއަށް ފައިބާން. އޭނާ އިސްތިއުފާ ދޭންވީ މިހާރުން މިހާރަށް. އަޅުގަނޑުގެ އަތުން ލާރި ނަގައިގެން އޭނަ ތިގޮޑިއަށް އައީ. އޭނަ ޖެހޭނީ ފައިބާން. އީވާއަށް މަޖިލީހުގެ ރައީސްކަން ދޭން އަޅުގަނޑުގެ ތާއީދު އެބައޮތް.
– ޖާބިރު ވިދާޅުވިއެވެ. ޖާބިރު މަޖިލީހުގައި އަޑުގަދަކޮށް މެމްބަރުންނަށް އުދަނގޫވާގޮތަށް އަމަލު ކުރުމުންވަނީ ނަން އިއްވަ ތަޅުމުން ނެރެލާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް