ޚަބަރު

ރަސްދޫގައި 50 ހައުސިން ޔުނިޓު އަޅަން، މިމަހު ބަޔަކާ ޙަވާލު ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އއ. ރަސްދޫގައި އިމާރާތްކުރުމަށް ނިންމާފައިވާ 50 ހައުސިން ޔުނިޓުގެ މަސައްކަތް މިމަހު ބަޔަކާ ޙަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފިނޭންްސް މިނިސްޓަރު އަމީރު މިފަދައިން ވިދާޅުވެފައިވަނީ، ރަސްދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރެވޭނީ ކޮންއިރަކުންތޯ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ސުވާު ކުރެއްވުމުންނެވެ.

ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ ރަސްދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓުގެ މަސައްކަތުގެ ބިޑު ހުޅުވައި، އިވެލުއޭޓް ކުރެވި ބަޔަކާ ހަވާލުކުރުމުގެ ކުރިން މަޝްވަރާކުރަމުންދާ ކަމަށެވެ.

އަދި މަޝްވަރާ ކުރުމުގެ މަސައްކަތް ނިންމާ ބަޔަކާ އެވޯޑުކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރަމުންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!