މި ފެށުނު ޝައްވާލު މަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅުއްވައިފި

މި ފެށުނު ޝައްވާލުމަހުގެ ފުރަތަމަ 07 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވާފައިވާ ގޮތަށް، މި އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކަމަށެވެ.
ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމާއެކު ސަރުކާރުގެ މަސައްކަތްތައް އެ ވަގުތުތަކަށް ފައްތައިގެން ރޭވުމަށް ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ އަންގަވައިފައެވެ.
ޝައްވާލު މަހުގެ ކުރީކޮޅުގައި ގިނަ ބަޔަކު ސުންނަތް ރޯދަ ހިފާއިރު، ސަރުކާރު އޮފީސްތަކުގެ މަސައްކަތުގެ ވަގުތު ކުރު ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.
ޝައްވާލު މަސް ނިމެންދެކަށް ތިގޮތަށް ބާއްވާބަލަ އޭރުން ގިނަ މީހުނަށް ރޯދަ ހިފޭނެ ނުންތަށް ، ބަލަ ރޯދަ ޤަޞާ ކުރަންޖެހޭ މީހުނަށް ސުންނަށް ރޯދަ ހިފޭނީ އޭރުން !