ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޯޓުން ކޮންމެ ގޮތަކުން ނިންމިޔަސް، އިމުން ބައެއް ދޫކުރެވޭނީ މެމްބަރުންނަށް ފެނިވަޑައިގަންނަވާނަމަ: ނަޝީދު 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޯޓުން ކޮންމެ ގޮތަކުން ނިންމިޔަސް، އިމުން ބައެއް ދޫކުރެވޭނީ މެމްބަރުންނަށް ފެނިވަޑައިގަންނަނީ ނަމަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭފަދަ ގޮތަކަށް ސަރުކާރުން މޮރިޝަސް އަށް ފޮނުވި ސިޓީ ރައްޔިތުންނަށް ހާމަކުރުމަށާއި ރާއްޖެއިން ބައެއް ވިއްކާލުމަށް ޑީލްހަދާފައިވާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތު ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން އެއްވެސް ބަޔަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން ކަމަށެވެ.

"ސަރުކާރުން ކޮންމެ ބަޔަކާ އެކު އެއްބަސް ވިޔަސް ކޮންމެ ކޯޓަކުން ކޮންމެ ތަނަކުން ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ނިންމި ކަމުގައިވީ ނަމަވެސް އަޅުގަނޑު ދަންވާނީ ސަރަހައްދު ކުޑަ ކުރަން މި މަޖިލީހުން ހިންގަން ޖެހޭ އިޖުރާއަތްތައް މި މަޖިލީހުގެ މެންބަރުންނަށް އެދިވަޑައިގެނަންނަވައިގެން ދޫ ކޮށްލަން ފެނިވަޑައިގަތީމަ ދޫކޮށްލެވޭނީ،" ނަޝީދު ވިދާޅުވިއެވެ.

މިއަދު މަޖިލީހަށް ހުށައަޅާފައިވާ ކުއްލި މައްސަލަ މަޖިލީހަށް އަޅުއްވަމުން އިދިކޮޅު ޕީއެންސީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވި ދިވެހި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން ކަމުގައި ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. ޗާގޯސް މައްސަލައަކީ ރާއްޖޭގެ ސިޔާސީ، ޚާރިޖީ، އިޤުތިސާދީ އަދި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ އެންމެ މަތީ މަސްލަޙަތުތަކާ ނުހަނު ގުޅުން ހުރި މައްސަލައެއްކަމަށް ވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޗާގޯސް މައްސަލައިގައި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް އެއްވެސް ކަމެއް ހާމަކުރުމެއްނެތި ކުރިން ދިވެހި ރާއްޖެއިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ކުއްލިއަކަށް ބަދަލުކޮށް މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ގައުމުކަމުގައި ސަރުކާރުން ނިންމާފައިވާކަމަށާއި އެކަން ރައީސް މޮރިޝަސް އަށް ސިޓީއަކުން އެންގެވުމަކީ އިޔާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއް ދިވެހި ރާއްޖެއަށް ލިބޭނެކަމެއްކަމަށްވެސް މިމައްސަލައިގައި ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ މި މައްސަލައިގައި އދ އާއްމު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ މެދުވެރިވެގެން ސަރުކާރުން އަޑި ނޭނގޭ ޑީލެއް ހަދާފައިވާކަމަށް މަޖިލީހުގެ ސަރުކާރު ހިނގާ ޕާޓީގެ މެމްބަރުން ވިދާޅުވެފައިވާކަމަށްވެސް އާދަމް ޝަރީފު ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

މިމައްސަލަ މަޖިލީހަށް ބަލައިގަނެފައިވަނީ "ފިކުރެއްގެ ދިރުން" އަށް ތާއިދު ކުރާ މެމްބަރުންގެ ވެސް ތާއީދާ އެކުގައެވެ.

Ads by HDC
  1. ނަޝީދުގެ ވެރިކަމުގައި 2009 ގައި އައްޑޫއަތޮޅުވަނީ ވިއްކާލާފައި އިގިރޭސިންނަށް މިހާރު އެތާގައި އިގިރޭސިން ޕޮލިސްޓުރޭނިން މިލިޓްރީ ޓްރޭނިން ހަދަނީ މަރުކަޒު އަޅައިގެން، އަދި 100 ވަރަކަށް އަހަރު ފަހުސް އައްޑޫއަތޮޅު ޗާގޯސްއަށް ވީހެންވެދާނެ !

  2. ސައްލި

    ކަލޭމެނަށް ފައިސާކޮޅެއް ދޭއިރަށް ތިކަންވެސް ކޮށްލަ ދޭނެ، ތީކޮންބަޔެއްތަށް ވަފާތެރި ކެހިވެރި ސިޔާސީ ޗޯރުން ތިޔައީ !