ޚަބަރު ރައްޔިތުންގެ މަޖިލިސް

އެފްކޮންސްގެ ޖޫރިމަނާ މަޢާފްކުރުމުގެ ވިސްނުމެއް ނެތް: ޝައުނާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތިލަމާލެ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމާއި ގުޅިގެން ކުރި ޖޫރިމަނާ މާފުކޮށްދިނުމުގެ ވިސްނުމެއް ނެތްކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެފްކޮންސް އިން އީޕީއޭގެ ނިންމުން އިސްތިއުނާފު ކުރުމާ ގުޅިގެން، އެ ކަމުގައި ޤާނޫނީ ރިވިއު ހަދައި ނިމިފައި ކަމަށެވެ. އަދި ލީގަލް ރިވިއު އިން ލަފާ ދީފައި ވަނީ، އިންޑިޕެންޑެންޓް ޓެކްނިކަލް ރިވިއުއެއް ހެދުމަށް ކަމަށާއި މިހާރު ކުރިއަށް ދަނީ އެ މަރުހަލާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޖޫރިމަނާ މައާފްކުރުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެ ވެސް އަދި ސަރުކާރުގެ ވެސް ނެތް ވާހަކަ ދަންނަވާލަން." އެފްކޮންސްގެ ޖޫރިމަނާއާއި ބެހޭގޮތުން މިނިސްޓަރު ވިދާޅުވިއެވެ.

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރުމަށް ފަހު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

މި ޖޫރިމަނާ މަޢާފުކޮށްދިނުމަށް އެ ކުންފުނިން ވަނީ އެންވަޔަރަމެންޓު މިނިސްޓަށް ހުށަހަޅާފައިއެވެ.

Ads by HDC
  1. އިސްތިއުފާ

    ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ ތިމާވެށި މިނިސްޓަރޭ އައްޑޫ ޝައުނޭ އިސްތިއުފާ