އިދިކޮޅު މުޒާހަރާގެ ތެރެއިން މިއަދު ހަތަރު މީހަކު ހައްޔަރު ކުރި

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން މިއަދު ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.
އެ ކޯލިޝަންގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ މިއަދު ބޭއްވި ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކައުންސިލް މެމްބަރަކާއި ސްޓިއަރިން ކޮމިޓީގެ މެމްބަރެއް ވެސް ހިމެނޭ ކަމަށެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި ގޮވާލަމުން ދަނީ ލޯކަލް ކައުންސިލް އިންތިޚާބު އަވަސް ކުރުމަށާއި އިންސާފު ގާއިމު ކުރުމުގެ އިތުރުން ރައީސް ޔާމީން މިނިވަން ކުރުމަށެވެ. އިދިކޮޅުން ބުނަމުން ދަނީ އިންތިޚާބު ލަސް ކުރަމުން ދަނީ ސަރުކާރު ހިންގާ ކޯލިޝަންގެ ތާއީދު ދަށް ވަމުންދާތީ ކަމަށާއި ، ހަމަހަމަ ފުރުސަތެއްގެ ތެރެއިން ލިބޭ އިންތިޚާބެއްގައި ކާމިޔާބު ހޯދާނެ ކަމަށެވެ.