Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާޗު މަހު އެކަނިވެސް ކުޑަ ކުދިންނަށް ކުރާ އަނިޔާގެ 98 މައްސަލަ

މާޗު މަހު އެކަނިވެސް ކުޑަ ކުދިންނަށް ކުރާ އަނިޔާގެ 98 މައްސަލަ
މިދިޔަ މާޗުމަހުގައި ޖެންޑާ މިނިސްޓްރީއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 98 މައްސަލަ ހުށަހަޅިފިއެވެ.
އެ މިނިސްޓްރީން މިއަދު ވިދާޅުވީ، މިދިޔަ މާޗުމަހުގައި އެ މިނިސްޓްރީއަށް ޖުމްލަ 206 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެތެރެއިން 98 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަ ކަމަށެވެ.
އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލައެވެ. މިފަދަ 29 މައްސަލައެއް ރިޕޯޓުކުރިކަމަށް ޖެންޑާއިން ވިދާޅުވެއެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 28 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައާއި ޖިންސީ ހާނިއްކައިގެ 13 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 9 މައްސަލައާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލައާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ މައްސަލައެއް ވެސް ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން، ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، އަމިއްލައަށް މަރުވާާން އުޅުމާއި، އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުމުގެ މައްސަލަތައްވެސް މިހާރު އިތުރުވާން ފަށައިފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީން އާންމުކުރައްވައިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަަތަމަ ތިންމަހުގައި އެ ބާވަތުގެ 37 މައްސަލަ އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް