ހައްޖު ގުރޫޕުތަކުން ނަގަން ބުނި އަދަދަށް ވުރެ ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުން އަންނަކަމުގެ ޝަކުވާތަކެއް!

1444 ވަނަ އަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާ ގުރޫޕުތަކުން ހައްޖަށް ދާ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުން އަންނަ ކަމުގެ ޝަކުވާތަކެއް ކުރަން ފަށައިފިއެވެ.
މިއަހަރު ހައްޖަށް މީހުން ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ 3 ކުންފުންޏަކަށެވެ. އެއީ
- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު - 75،250 ރުފިޔާ
- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑު - 75،465 ރުފިޔާ
- އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑު - 75،000 ރުފިޔާ





ކޮމެންޓް