ޚަބަރު އިޖުތިމާޢީ

ސަމާލުވޭ! ޓައިފޮއިޑު ހުން އެބައުޅޭ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޓައިފޮއިޑު ހުން ޖެހިގެން 4 ކުއްޖަކު ރިޕޯޓް ކޮށްފައިވާ ކަމަށް ކުޑަކުދިންގެ ޑޮކްޓަރު އަޙުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޑރ. ފައިސަލް މިއަދު ވިދާޅުވީ މި ބައްޔަށް ގަދަހުމޭވެސް ރާއްޖޭގައި ކިޔާ އުޅުނުކަމަށާއިމި ބަލިޖެހެނީ ސަލްމޮނެއްލާއޭ ކިޔާ ބެކްޓީރިޔާތަކަކުން ކަމަށެވެ.

"ޓައިފޮއިޑުގައި ބައެއްފަހަރު ވަރަށް ބަލިވެދާނެ، މަރުވެސްވޭ، ގަދަހުމާއެކު، ހޮޑުލާ، ބަނޑަށް ތަދުވޭ ބަނޑު ދިޔާ ވަނީ ބައެއް ފަހަރު، ހަރުވެސްވޭ އެކި ގުނަވަންތަކަށް އަސަރު ކުރާތީ ޢަލާމާތްތައް ފެންނަނީ އެގުނަވަނެއްގެ މަސައްކަތް ދަށް ވީމާ ލިވަރ ހަލާކުވުމާ ފިޓުޖެހުމާ ހޭވެރިކަން ނެތުންވެސް ހިމެނޭ" ޑރ. ފައިސަލް ވިދާޅުވިއެވެ.

ޓައިފޮއިޑާއި ބެހޭ ގޮތުން ޑރ. ފައިސަލް އިތުރަށް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް އަތްދޮވުމާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމުކަމަށެވެ. އަދި ކާއެއްޗެހި ރައްކާ ކުރާއިރު ނޫނީ ގެންގުޅޭއިރު ބިސްފަދަ ނަޖިސް އުގުޅިފައި ހުންނަ އެއްޗެއްސާއި ޚާއްޞަކޮށް ނުކައްކާ ކާއެއްޗެއްސާއި ވަކިކޮށްގެން ގެންގުޅުމަށާއި ބަލިވެ އުޅޭއިރު ކާއެއްޗެހި ތައްޔާރުކޮށް ވިއްކާ ތަންތަނުގައި މަސައްކަތްނުކުރުމަށް ޑރ. ފައިސަލް ވަނީ ނަސޭހަތްތެރިވެފައެވެ.

  1. ޢިމާދު/ގައްދޫ

    ޢިންޑިޔާ މީހުން ހިނަވިވަރަކަށް ބަލިތައް ގިނަވާނެ