ޚަބަރު އިޖުތިމާޢީ

ވެހި އޯލެވެލް ސަކްސެސް ޕްރޮގްރާމް 2023 ގެ އެވޯޑް 37 މުދައްރިސަކަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

’ވެހި އޯލެވެލް ސަކްސެސް ޕްރޮގްރާމް 2023‘ ގެ އެވޯޑް 26 ސުކޫލެއްގެ 37 މުދައްރިސަކަށް ދީފިއެވެ.

Ads by STELCO

"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް" އަކީ ސްކޫލް ވެހި ޕްރޮގްރާމްގެ ދަށުން އޯ ލެވެލް އިމްތިޙާނުން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވާ، އެ ނަތީޖާ ހިފެހެއްޓެވުމަށް ނަމޫނާ މަސައްކަތްތަކެއް ކުރައްވާ މުދައްރިސުންގެ އަގުވަޒަންކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށްޓަވާފައިވާ ޕްރޮގްރާމެކެވެ.

މިފްރޮގްރާމްގެ އެވޯޑް ދިނުމުގެ ހަފްލާ ރޭ އިއްޒުއްދީނު ސުކޫލުގައި ބާއްވާފައިވާއިރު، މި ހަފްލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޢަލީއެވެ.

ތިން ކެޓަގަރީއަކުން މި އެވޯޑްތައް ދެއްވައިފައިވާއިރު، މި ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ  މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 15 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ %60 އަށް ވުރެ މަތީގައި ހިފެހެއްޓުމުން ދެއްވާ އެލިޓް އެވޯޑާއި މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 10 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ %60 އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެއްވާ އޯލެވެލް އެޗީވްމަންޓް އެވޯޑާއި މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 5 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ %60 އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެއްވާ އޯލެވެލް އެކްސެލެންސް އެވޯޑެވެ.

 

  1. ޖަމިއްޔާ

    އޮރިޔާމާ ތިބޭ ބައެއްތަ މި ފެންނަނީ؟
    އެޑިޔުކޭޝަން މިނިސްޓަރު އެހެރީ އޮރިޔަމާ. ދެން ކޮން އަހުލާގެއް ކުދިންނަށް ދަސްވާނީ؟ ސްކޫލް ދަރުވަރުން ޒިނޭކުރުމާ ޒިނޭއަށް އަރައިގަތުމަށް ހުރިހާ ދޮރުތައް އެހެރީ ހުޅުވަދީފަ. ބިޓުން ނެގުން އެއީ ފެޝަނަކަށް ވެއްޖެ. މިނިސްޓަރު ހަމައޯކޭ އެކަމަށް. މަނައެއް ނުކުރޭ!