ޚަބަރު

ހުމާާމް މަރަން ކުރި ޙުކުމް، އޭނާގެ ފަރާތުން އިސްތިއުނާފު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުގެ ޙުކުމް ކޮށްފައިވާ ހ. ލޮބީ/ ޙުސައިން ހުމާމް އަޙުމަދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް އޭނާގެ ފަރާތުން ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހުމާމް މެރުމަށް ޙުކުމް ކުރީ 2014 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ މި ޙުކުމަށް ހައިކޯޓުން ތާޢީދު ކުރީ 2015 އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަަނަ ދުވަހުއެވެ.

އަދި ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމަށް ނިންމީ 2016ވަނަ އަހަރުގެ ޖޫންމަހުގެ 24 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުން މި ހުކުމް ދެމެހެއްޓުމަށް ނިންމިތާ ހަ އަހަރު ނިމި ހަތް ވަނަ އަހަރު ފުރެން ކައިރިވެފައި ވަނިކޮށް، މި މައްސަލަ ހުމާމްގެ ފަރާތުން އަލުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވަނީ، ރިވިއުކުރުމަށް އެދިކަމަށް ބެލެވެއެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އިތުރު މީހެއްގެ މައްޗަށް ތުހުމަތު ކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތު ނުވެގެން ވަނީ ދޫކޮށްލައިފައެވެ.

ހުމާމުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ މަހު ފަހުކޮޅުއެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލާފައި ވަނީ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލު ގެއަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގައެވެ.

 

  1. އަބްދޫ

    މިއީ މިސަރުކާރުގރ ރޭވުމެއް.