ދުނިޔެ

ކޮވިޑް-19އަށް ފައްސިވުމުން މިސްރުގެ ޓީޗަރަކު އަމިއްލައަށް މަރުވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިސްރުގެ ޓީޗަރަކަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުމުން އަމިއްލައަށް މަރުވެއްޖެއެވެ. އޭނާ އަމިއްލައަށް މަރުވެފައިވަނީ ދެފަހަރު އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރުމަށްފަހު ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

Ads by WAMCO

މިސްރުގެ ވެރިރަށް ކައިރޯއާއި 100 ކިލޯމީޓަރު ދުރުގައިވާ ގަރްބިއްޔާ ޕްރޮވިންސް އަށް ނިސްބަތްވާ މި ޓީޗަރު އަމިއްލައަށް މަރުވީ ދުއްވަމުން ދިޔަ ކާރަކުން ފުންމާލައިގެންނެވެ. އޭނާ ދުއްވަމުން ދިޔަ ކާރަކުން ފުންމާލީކެނަލްއަކަށެވެ.

ދުއްވަމުންދިޔަ ކާރަކުން މި ޓީޗަރު ފުންމާލީ ހޮސްޕިޓަލުގައި އެކަހެރިކޮށް ބާއްވައިފައި އޮއްވާ ފިލައިގެން ގޮސް ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

މަންޒަރު ދުއް މީހަކު މީޑިއާތަކަށް ކިޔާދީފައިވާ ގޮތުގައި އޭނާ ކޮވިޑް-19އަށް ފައްސިވުމުން ނަފްސާނީ ގޮތުން ވަރަށް ބަލިކަށިވީ ކަމަށާއި  އަދި އެކަމުގެ ސަބަބުން ހޮސްޕިޓަލުގައި އޭނާ އެކަހެރި ކުރިއެވެ.

މީގެ ކުރިންވެސް އޭނާ ވަނީ ހަމަ ދުއްވަމުން ދިޔަ ކާރަކުން ފެންގަނޑަކަށް ފުންމާލާ އަމިއްލައަށް މަރުވުމަށް މަސައްކަަތް ކޮށްފައެވެ. ނަމަވެސް މަގުމަތިން ދިޔަބަޔަކު ވަނީ އޭނާ ސަލާމަތް ކޮށްފައެވެ

44 އަަހަރުގައި މަރުވި މި ޓީޗަރުގެ ބޭބެ ބުނީ އޭނާ އަމިއްލައަށް މަރުވީ ބަޔަކު މީހުން އޭނާއަށް ހަނގާ ކުރުމުގެ ސަބަބުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!