އޭޝިއާ ދުނިޔެ

ކަފާލާތުގެ ދަށުން އިމްރާން ޚާން މިނިވަންކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމާ ގުޅިގެން އޭނާއަށް ތާޢީދުކުރާ މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ފަށައި، މަޝްރަހު ހޫނުވެފައިވަނިކޮށް ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށްފިއެވެ.

Ads by Sosun Fihaara

ކަފާލާތުގެ ދަށުން ދޫކޮށްލުމާ އެކު އިމްރާން ވަނީ ގައުމުގެ ހާލަތު ގޯސްވުމުގެ ޒިންމާ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ސައީދު އާސިމް މުނީރުގެ ބޮލުގައި އަޅުވާފައެވެ.

"އެއީ ސަލާމަތީ މުއައްސަސާއެއް ނޫން، އެއީ އެންމެ މީހެއް. އަސްކަރިއްޔާގެ ވެރިޔާ އަސްކަރިއްޔާގައި ޑިމޮކްރަސީއެއް ނެތް ޤައުމުގައި މި ވަގުތު ހިނގަމުންދާ ކަންކަމުގެ ސަބަބުން އަސްކަރިއްޔާ ބަދުނާމުވަމުން ދަނީ"

މިނިވަން ވުމާއެކު މީޑިޔާތަކާއި ވާހަކަ ދައްކަމުން އިމްރާން ބުނެފައިވެއެވެ.

އިމްރާން ބުނީ އޭނާ ވެރިކަމަށް އައުމުން އަސްކަރިއްޔާގެ ވެރިޔާ މަޤާމުން ދުރުކުރާނެކަމުގެ ބިރު ހީވެފައިވީ ނަމަވެސް އޭނާ އެފަދަކަމެއް ނުކުރާނެކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!