ޚަބަރު

ޕީޕީއީ ގަތުމަށް އެޑްވާންސަށް 32 މިލިއަން ރުފިޔާ ހަރަދުކުރި، ލިބުނީ 2،000 ސާޖިކަލް ކެޕް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ހެލްތު މިނިސްޓްރީން ތިންލައްކައަށް ވުރެ ގިނަ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށް ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާ ކަމަށާއި ލިބިފައިވަނީ 2،000 ސާޖިކަލް ކެޕް އެކަނި ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

Ads by Hajj Corporation

މިކަން ހާމަވެގެން ދިޔައީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުންނެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ޕާރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް ޖުމްލަ 32،968،650 (ތިރީސްދެ މިލިއަން ނުވަ ލައްކަ ފަސްދޮޅަސް އަށް ހާސް ހަ ސަތޭކަ ފަންސާސް) ރުފިޔާ، މިނިސްޓްރީ އޮފް ހެލްތުން އެސް.ޓީ.އޯ އަށް އެޑްވާންސްކޮށް ޙަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެ ގޮތުގެމަތިން ފައިސާ ދެއްކުނު ތަކެތީގެ ތެރެއިން 2,000 ސާޖަން ކެޕް ފިޔަވައި، ދެންހުރި ތަކެތި މިނިސްޓްރީއަށް ލިބިފައި ނުވާކަމަށް، އެ ފަރާތުން މައުލޫމާތު ދޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

"މިނިސްޓްރީން މަޢުލޫމާތު ދިންގޮތުގައި، މި ތަކެތީގެ ސްޓޮކް މެނޭޖްކުރުމާއި ޑިސްޕެޗް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީސް، އެސް.ޓީ.އޯ ޕަބްލިކް ލިމިޓެޑު އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރީޓީންނެވެ" ރިޕޯޓުގައި ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ހެލްތުން އެޑްވާންސަށް ފައިސާ ދައްކާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ:

  • 5،000 ސާޖިކަލް ގައުން
  • 9،975 ހެޒްމެޓު ސޫޓު
  • 10،000 ޑިސްޕޮސެބަލް ފޭސް ޝީލްޑް
  • 4،950 ރީ-ޔޫސެބަލް ޕްރޮޓެކްޓިވް ގޮގުލްސް
  • 10،000 ޑިސްޕޮސެބަލް ޝޫ ކަވާ
  • 9،000 ޑިސްޕޮސެބަލް ހެޑް ކަވާ (ސާޖަން ކެޕް)
  • 1،000 އެންކަލް ބޫޓު
  • 50 ބޮޑީ ބޭގް
  • 256،000 N95 3M މާސްކު

އޮޑިޓް އޮފީހުން ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 16.11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޞޫލާއެއްގޮތަށް، އެޑްވާންސްކޮށް ފައިސާ ދެއްކުނު ތަކެތީގެ ތެރެއިން، ލިބުނުތަކެތި، ބޭނުންކުރުމަށް ދޫކުރެވުނު މިންވަރު އަދި ބާކީގެ ހިސާބު ހެލްތު މިނިސްޓްރީން ބެލެހެއްޓުމަށް އަންގާފައެވެ.

  1. ނަރު

    ހީވޭ ކެވުނު ވަރު އެގޭނީ ބިތުފަންގި ނެގީމަ މިފަހަރު ވަގުން ފެންނާނެ ދެން ލަލާ