ކުޅުދުއްފުށީ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ހދ. ކުޅުދުއްފުށި ސިޓީގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ ފާހަނައަށް ވަދެ ނުނިކުމެ ގިނައިރުވެގެން ބެލިއިރު ފާހަނަ ތެރެއަށް ވެއްޓިފައި އޮތުމުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު 10:30 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވިއެވެ
މަރުވެފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.