ޖަރުމަނަށް ގެންދިޔައީވެސް ބޭސްކުރީވެސް ޖަރުމަން ސަރުކާރުގެ ޚަރަދުގައި: ރައީީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ވަޑައިގެން ބޭސްކުރެއްވީ އެ ޤައުމުގެ ސަރުކާރުގެ ޚަރަދުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމަނިކުފާނަށް ދައުލަތުން ބޮޑު ޚަރަދެއްކުރައްވާކަަމަށް ބުނެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަޚުމަދު ދެއްކެވި ވާހަކައާއި ގުޅިގެންނެވެ.
"އަޅުގަނޑު ޖަރުމަންވިލާތައް ގެންދިޔައީ ޖަރުމަން ސަރުކާރުގެ ޚަރަދުގައި އަޅުގަނޑަށް ޖަރުމަނުގައި ބޭސް ކުރީ ޖަރުމަން ސަރުކާރުގެ ޚަރަދުގައި ދެން އަޅުގަނޑު އިނގިރޭސިވިލާތުގައި ހުރި ތިން ހަފްތާ އެތިން ހަފްތާގައި ދިވެހި ސަރުކާރުން އަޅުގަނޑުގެ ބޭހަށް ޚަރަދެއް ކުރި އެ ވިދާޅުވާ ރުފިޔާތަކަކީ އެމްއެންޑީއެފަށް ކުރައްވާ ޚަރަދުގެ ވާހަކަ" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއާއެކު މެމްބަރު އިސްމާއިލް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ރައީސް ނަޝީދާއި އެމަނިކުފާނުގެ ޢާއިލާއަށް ދިވެހި ދައުލަތުން ހަރަދު ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަނީ ފާޑުވިދާޅުވެފައެވެ.
"އަޅުގަނޑު މިފާހަގަކުރަނީ 2008 ވަނަ އަހަރުން ފެށިގެން މަނިކުފާނުގެ ހިމާޔަތާއި އިނާޔަތާއި ރައްކާތެރިކަމާއި މަނިކުފާނުގެ އާއިލާ ބެހެލެއްޓޭނެގޮތާ ދިރިއުޅޭނެ ގޮތާއި ކާނެ ގޮތާއި ބޯނެގޮތާއި ހަމަޖައްސައްމުން މިގެންދަނީ މިދިވެހި ދައުލަތުންނޭ މިދިވެހި ދައުލަތުންނޭ" މެމްބަރު އިސްމާއިލް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދަޢުލަތުން ކުރާ ހަރަދާއި ގުޅޭގޮތުން ވާހަކަ ދެއްކުމުން މަޖިލީހުގައި ތިއްބެވި އެމަނިކުފާނަށް ތާއިދުކުރައްވާ މެމްބަރުންވަނީ އެކަމާ އެއްކޮޅަށް ވާހަކަދައްކަވާފައެވެ. އަދި އެއީ ދަޣުލަތުން އެމަނިކުފާނަށް ކުރަންޖެހޭނެ ހަރަދުކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.
ދެން ޖަރުމަނުގެ ޕާރލަމަންޓް ބަލަހައްޓަވަން ދާންވީ ނޫންތޯއެވެ؟ މިގައުގެ ރައްޔިތުންނަށާއި ދައުލަތަށް ހާދަ ބޮޑު ހަމަޖެހުމެއް އޭރުން ލިބޭނެއެވެ.
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި އަމިއްލަ އެދުން ބޮޑު މީހުން މިވަނީ މިރާއްޖޭގައި ޕާޓީ ނިޒާމް ފެއިލް ކޮށް ރައްޔިތުން ފޫހިކޮށްފައި، ރައްޔިތުން ބޭނުމެއް ނުވޭ ސިޔާސީ ޕާޓީތަކެއް، ރައްޔިތުން ބޭނުންވަނީ ކެއުން ބުއިން އުނުފޭރާން ބޯހިޔާވަހިކަން ! އެއްވެސް ސިޔާސީ ޕާޓީއަކަށް އެންމެ ފުރިހަމަ ގޮތުގައި މިކަންކަން ފޯރުކޮށެއް ނުދެވުނު ! ބޮޑުތަނުން ސިޔާސީ މީހުން ވަނީ ފެއިލްވެފައި !