ކޮވިޑް-19 ގެ ދެވަނަ ރާޅާއެކު ނިއުޒީލެންޑުގެ ރިޔާސީ އިންތިހާބު ފަސްކޮށްފި

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ނައްތާލިކަން އިއުލާނުކުރި ނިއުޒީލެންޑުން އަލުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއެކު އެގައުމުގެ ރިޔާސީ އިންތިހާބު ލަސްކޮށްފިއެެވެ.
ހަރުކަށި ލޮކްޑައުން އެއްގައި އޮތް ނިއުޒީލެންޑު ގެ ރިޔާސީ އިންތިހާބު ފަސްކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. މީގެ ކުރިން ހަމަޖެހިފައިއޮތް ގޮތުން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ނިއުޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންދާ އާޑާން ވިދާޅުވިގޮތުގައި އިންތިހާބު ފަސްކޮށްފައިވަނީ އިދިކޮޅާ ވެސް މަޝްވަރާ ކުރުމަށް ފަހުގައެވެ. އަދި ބޭނުން ވަނީ ހަމަޖެހުމާއެކު ބާއްވާ އިންތިހާބެއް ކަމަށާއި އެއްވެސް ހާލެއްގައި ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ވަނިކޮށް އިންތިހާބު ބޭއްވުމަކީ ރަނގަޅުގޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް ބޮޑު ވަޒީރު ވިދާޅުވިއެވެ.
102 ދުވަސް ފަހުން ނިއުޒީލެންޑުން އަލުން ކޮވިޑް19 ފެނިފައިވާއިރު މިހާތަނަށް 49 ކޭސް ވަނީ ފެނިފައެވެ.