ކުޅިވަރު

އަނެއްކާވެސް ބާސާގެ ފޭނުންނަށް ހިތާމަވެރި ޚަބަރެއް، މެސީ ބާސާ ދޫކޮށްލަނީ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ.

Ads by STELCO

މި ޚަބަރު ފަތުރާފައިވަނީ 2017 ވަނަ އަހަރު ނޭމަރ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ކަމުގެ ޚަބަރު ވެސް ފެތުރިސޯސްއިންނެވެ.

ބާސެލޯނާ ދޫކޮށް މެސީ ދާން އުޅޭ ކަމުގެ ހަބަރު މީޑިއާތަކުން ރިޕޯޓް ކޮށްފައި ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ބޮޑު ތަފާތަކުން ބާސެލޯނާ ބަލިވެފައި މުބާރާތުން އަލްވަދާއު ކިޔާފައިވާ ދަނޑިވަޅެއްގައެވެ. ބާސެލޯނާ ބަޔާން މިއުނިކް އަތުން ބަލިވީ 8-2ގެ ނަތީޖާ އަކުންނެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މެސީ މިހާރުވެސް ވަނީ ބާސެލޯނާގެ މެނޭޖްމަންޓަށް އޭނާ ކުލަބު ދޫކޮށްލަން އުޅޭކަން އަންގާފައި ކަމަށެވެ.

ބޭރުގެ މީޑިއާތަކުން އިތުރަށް ރިޕޯޓްކޮށްފައިވާ ގޮތުގައި މެސީ ދިއުން އެންމެ ގާތީ މެންޗެސްޓަރ ސިޓީ އަށެވެ. މެސީ ގެންދިއުމަށް ކޮންމެ އަދަދެއް ހުށަހެޅުމަށް ވެސް ސިޓީ އިން ތައްޔާރަށް އޮތް ކަމުގައި ރިޕޯޓް ތައް ބުނެއެވެ.

ބާސެލޯނާ ދޫކޮށްލަން މެސީ ނިންމާފައިވާ ސަބަބަކީ ޓީމުގެ މެނޭޖްމަންޓާއި ބޮޑު ހަމަ ނުޖެހުންތަކެއް ހިނގުމުން ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މެސީ ބާސެލޯނާގެ ޖާރޒީއިން ފުރަތަމަ ފެނުނީ 2001 ވަނަ އަހަރު ޔޫތު ޓީމުތަކުންނެވެ. 2004 ވަނަ އަހަރު މެސީ ވަނީ ބާސެލޯނާގެ ސީނިއަރ ޓީމަށް ކުޅެންފަށާފައެވެ. މެސީގެ މުޅި ކެރިއަރު ހޭދަކޮށްފައިވަނީ ބާސެލޯނާގައި ކަން ފާހަގަ ކުރެވެއެވެ.

Ads by Ooredoo
  1. މީމު

    ދުނިޔޭގައި މިވަގު ހުރި އެއްމެ މޮޅު ކުޅުން ތެރިޔާ ސިޓީއަށް ދިއަށް ގޮއްސިއްޔާ އިތުރައް ވިދާލާނެ