Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ހޮލީވުޑް

އިންޑިއާއަށް ކުރި ދަތުރުގެ އަގު ނުކުރެވޭ: ޓޮމް ހޮލެންޑް

އިންޑިއާއަށް ކުރި ދަތުރުގެ އަގު ނުކުރެވޭ: ޓޮމް ހޮލެންޑް

ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ހޮލެންޑް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އިންޑިއާއަށް ކުރި ދަތުރަކީ އަގު ނުކުރެވޭ "އުމުރު ދުވަހުގެ ދަތުރެއް" ކަމަށް އޭނާ ބުނެފިއެވެ.

ޓޮމް އާއި އޭނާގެ ލޯބިވެރިޔާ ޒެންޑަޔާ އިންޑިއާގެ މުމްބާއީއަށް ދިޔައީ މަހުޖަނު މުކޭޝް އަމްބާނީގެ އަންހެނުން ނީތާ އަމްބާނީ އިންޑިއާގައި ގާއިމްކުރި ކަލްޗަރަލް ސެންޓަރު އިފްތިތާހު ކުރުމުގެ ހަފްލާއަށެވެ.

މި ދަތުރާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޓޮމް ބުނީ އިންޑިއާ ދަތުރަކީ ދުނިޔޭގެ އެންމެ މޮޅެތި ފަންނާނުންނާއިއެކު އެންމެ މޮޅު ކެއުން ކާން ލިބުނު އުފާވެރި ދަތުރެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

"އަހަންނަށް ލިބުނީ ވަރަށް މޮޅު ދަތުރެއް. އެއީ މުޅި އުމުރުގެ ދަތުރެއް. އަބަދުވެސް ބޭނުންވި އިންޑިއާއަށް ދާން. އެނބުރި ދާން އަދި އެއަށްވުރެއް ބޭނުން" ސްޕައިޑާ މޭންގެ ރޯލުން މަގްބޫލުކަން ހޯދި ޓޮމް ބުންޏެވެ.

ޓޮމް ބުނީ އަޖައިބު ކޮށްލާ ވަރުގެ މޮޅެތި ފަންނާނުންނާއި އެ ދަތުރުގައި ދިމާވި ކަމަށެވެ. އަދި ނީތާގެ ކަލްޗަރަލް ސެންޓަރަކީ އެއަށްވުރެއް ބޮޑު އަޖައިބެއް ކަމަށް ޓޮމް ބުންޏެވެ.

ނީތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރު ނުވަތަ އެންއެމްއޭސީސީ ގާއިމްކޮށްފައިވަނީ ބޭންޑްރާ ކުރުލާ ކޮމްޕްލެކްސްގައި ހުންނަ ޖިއޯ ވޯލްޑް ސެންޓަރުގެ ތެރޭގަ އެވެ. މި ސެންޓަރު ހުޅުވީ އޭޕްރީލް އެއްވަނަ ދުވަހެވެ.

އެންއެމްއޭސީސީ ހުޅުވަން ކުލަގަދަ ދެ ހަފްލާއެއް ބޭއްވި އެވެ. އެއީ ގާލާ ނައިޓަކާއި ރަސްމީ ހަފްލާ އެކެވެ. ޓޮމްއާއި ޒެންޑަޔާގެ އިތުރުންވެސް ދުނިޔޭގެ މަގްބޫލު ފަންނާނުން އެ ހަފްލާއަށް ހާޒިރުވިއެވެ. އޭގެ ތެރޭގައި ނިކް ޖޯނަސް އާއި ޖީޖީ ހަދީދް ފަދަ ތަރިން ހިމެނެއެވެ.

މީގެ އިތުރުން ބޮލީވުޑްގެ މަގުބޫލު ތަރިންކަމަށްވާ ޕްރިޔަންކާ ޗޯޕްރާ، ކަރީނާ ކަޕޫރު ހާން، އައިޝްވާރިޔާ ރާއީ ބައްޗަން، ކަރަން ޖޯހަރު، ޝާހުރުކް ހާން، އާމިރުހާގެ އިތުރުން ރަޝްމިކާ މަންޑާނާވެސް ވަނީ އެ ހަފްލާގައި ބައިވެރިވެފައެވެ. މި ތަރިންގެ އިތުރުންވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް އެ ހަފްލާއަށް ދިޔައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް