ހޮލީވުޑް މުނިފޫހިފިލުވުން

ބެލްކަނިއަކުން ވެއްޓި ލިއަމް ޕޭން މަރުވެއްޖެ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑު "ވަން ޑައިރެކްޝަން" ލަވަކިޔުންތެރިޔާ ލިއަމް ޕޭން (31އ) ބެލްކަނިއަކުން ވެއްޓި މިއަދު މަރުވެއްޖެ އެވެ.

Ads by STELCO

އިނގިރޭސިވިލާތުގެ "ބީބީސީ" ގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނީ ލިއަމް މަރުވެފައިވަނީ އާޖެންޓީނާގެ ބުއެނޯސް އައިރެސްގެ ހޮޓަލެއްގެ ތިން ވަނަ ފަންގިފިލާއިން ވެއްޓިގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ފުލުހުން ނެރުނު ނޫސްބަޔާނަކާއި ހަވާލާދީ ބުނެފައިވަނީ އޭނާގެ ހަށިގަނޑު ފެނިފައިވަނީ ޕަލެރްމޯގެ އަވަށުގައި އެމަޖެންސީ ކްރޫއަކަށް ކަމަށެވެ. އެމެޖެންސީ ކްރޫން އެތަނަށް އެޓެންޑްވީ  މަސްތުގެ ހާލަތުގައި ހުރި މީހެއްގެ އުނދަގޫ ބޮޑުވެގެން ލިބުނު ރިޕޯޓަކުންނެވެ.

ފުލުހުން ބުނީ ބެލްކަނިން ލިއަމް ވެއްޓުނުކަން އެނގުނީ ހޮޓަލުގެ ތިރިން ބާރު އަޑެއް އިވުމުން ކަމަށެވެ. އަދި އެތަނުގައި ތިބި މީހުންނަށްވެސް އެ އަޑު އިވުނު ކަމަށް ވެސް ފުލުހުންގެ ބުންޏެވެ. ލިއާމްގެ ހަށިގަނޑު ފެނުނީ އޭގެ ކުޑައިރުކޮޅެއް ފަހުން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އިމަޖެންސީ މެޑިކަލް ސާވިސަސްގެ ޑިރެކްޓަރު އަލްބާޓޯ ކްރެސެންޓީ ވިދާޅުވީ ލިއަމް އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހަދާނެ ކަމަށެވެ.

ލިއަމް "ވަން ޑިރެކްޝަން" ބޭންޑާ ގުޅުނީ އެންމެ 16 އަހަރުގަ އެވެ.

Ads by Ooredoo