Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ހޮލީވުޑް

ޕްރިޔަންކާ އޭނާގެ ދަރިފުޅު މާލްތީއަށް އިންސްޓަގްރާމަށް މަރުހަބާ ކިޔައިފި

ޕްރިޔަންކާ އޭނާގެ ދަރިފުޅު މާލްތީއަށް އިންސްޓަގްރާމަށް މަރުހަބާ ކިޔައިފި

ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ދަރިފުޅު މާލްތީ މޭރީއަށް އިންސްޓަގްރާމަށް މަރުހަބާ ކިޔައިފި އެވެ.

ޕްރިޔަންކާ ދިރިއުޅެނީ އޭނާގެ ފިރިމީހާ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއިއެކު ލޮސް އެންޖެލެސްގަ އެވެ. މާލްތީ ދާދި ފަހުން އިންޑިއާއަށް ދިޔައީ ޕްރިޔަންކާއާއިއެކު އޭނާގެ ކޮއްކޮ ސިއްދާތު ޗޯޕްރާގެ ކައިވެނީގެ ކުރިން ބާއްވާ ހަފްލާތަކަށެވެ. މި ދަތުރުގައި ޕްރިޔަންކާ ޕްރޮޑިއުސް ކުރި މަރާޓީ ފިލްމު، "ޕާނީ" ގެ ޕްރިމިއާއަށްވެސް މާލްތީ ދިޔަ އެވެ.

އިންޑިއާގައި އޮތް ހަފްލާތައް ނިންމާލައި އަނބުރާ އެލްއޭއަށް ގޮސް ޕްރިޔަންކާ ވަނީ މާލްތީގެ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. އެ ސްޓޯރީގައި މާލްތީގެ އިންސްޓަގްރާމް އެކައުންޓު ވަނީ ޓެގްކޮށްފަ އެވެ.

Advertisement
Allied Insurance — Square (box)

ސެލެބްރިޓީން އެމީހުންގެ ދަރިން ކުޑައިރު ސޯޝަލް މީޑިއާ އެކައުންޓުތައް ހަދަ އެވެ. މީގެ ބޭނުމަކީ އެމީހުން މަސައްކަތް ކުރަން ފަށާއިރު ސޯޝަލް މީޑިއާގައި ފޮލޯވާ ބޭސްއެއް ބޭއްވުމެވެ.

ޕްރިޔަންކާގެ "ޕާނީ" ސިނަމާތަކުގައި އަޅުވާނީ އަންނަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް