އޭޖީގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމުމުން މަޖިލިސް ހޫނުވެއްޖެ

މިއަދު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމެވުމާއެކު، މަޖިލިސް ހޫނުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް އޭޖީގެ އިތުބާރުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނިންމެވީ ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، އޭނާ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭ ފަދަ ޢަމަލެއް ކުރައްވާފައިވާ ކަމަށް ބުނެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އިމްތިޔާޒު މައްސަލައެއް ހުށަހެޅުއްވުމުންނެވެ.
މިއާއެކު ބައެއް މެމްބަރުން ވަނީ ނުރުހުންފާޅުކުރައްވައި، ރިޔާސަތުގެ މޭޒު ކައިރީގައި އިހުތިޖާޖު ކުރައްވައިފައެވެ.
މިގޮތުން އިމްތިޔާޒުގެ މައްސަލަ ހުށަހެޅިފައި ވަނިކޮށް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވިއިރު، ސަރުކާރަށް ތާއީދުކުރާ މެންބަރުން ވިދާޅުވީ އިމްތިޔާޒު މައްސަލައަށް ބަހުސްކުރަން ފާސްނުވުމުން ޖަލްސާ ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށެވެ.
މެމްބަރުންގެ އިޚްތިޖާޖާއެކު މަޖިލިސް ރައީސް ވަނީ ސައިގަޑިއަށް މަޖިލިސް މެދުކަނޑައިލައްވައިފައެވެ.
މިހާރު މަޖިލީހުގެ ރައިސަކީ ހުދުމުހުތާރު ވެރިންގެ ތެރެއި އެންމެބޮުޑު ހިޔާނާތްތެރިޔާ ކަމައް ރައްޔިތުން ދެކެންފަށައިފި