ދުނިޔެ

ބްރިޖު އަޅައި ނުނިމެނީީސް ދެވަނަ ފަހަރަށް ވެއްޓިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިންޑިއާގައި ހަދަމުންދާ ބްރިޖެއްގެ މަސައްކަތް ނުނިމެނީސް، ދެވަނަ ފަހަރަށް ވެއްޓިއްޖެއެވެ.

Ads by Sosun Fihaara

މި ހާދިސާ ހިނގީ އާދިއްތަ ދުވަހުއެވެ. މި ބްރިޖަކީ، އިންޑިއާގެ އެންމެ ފަޤީރު އެއް ސްޓޭޓް، ބިހާރުގެ ބަގަލްޕޫރު ޑިސްޓްރިކްޓްގައި ކޯރެއް ހުރަސް ކުރުމަށް އެޅި ބްރިޖެކެވެ.

14 މަސް ދުވަހުގެ ތެރޭގައި މި ބްރިޖު ދެ ފަހަރަށް ވެއްޓިފައިވާއިރު، މިފަހަރު މީހަކު ވެސް ވަނީ ގެއްލިފައެވެ. އަދި 8 މީހަކު ވަނީ ސަލާމަތް ކޮށްފައެވެ.

މި ބްރިޖުގެ މަސައްކަތް އެންމެ ފުރަތަމަ ނިންމާ ގޮތަށް އޮތީ، 2019 ވަނަ އަހަރަށެވެ.

ނަމަވެސް އެކި ސަބަބުތަކާ ހެދި ލަސްވަމުން ދަނިކޮށް، ތޫފާނެއްގެ ސަބަބުން، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ބްރިޖު ވަނީ ފުރަތަމަ ފަހަރަށް ވެއްޓިފައެވެ.

ބްރިޖު ވެއްޓުނު ހާދިސާއާ ގުޅިގެން، ބިހާރުގެ ޗީޕް މިނިސްޓަރު ނިތިޝް ކުމާރު ވިދާޅުވީ، މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޮން ބައެއްތޯ ބަލައި ފިޔަވަޅު އަޅާނެ ކަމަށާއި، ބްރިޖު ވެއްޓުނީ، އަޅަން ޖެހޭ ގޮތަށް ނާޅާތީ ކަމަށެވެ.

 

Ads by Allied Insurance
  1. އެވަރުގެ ކޮސއ ބަޔަކު ލއްވާ މިގައުމުގާ ބުރިޖު މިއަޅުވަނީ!!؟؟؟