ޚަބަރު

މަޖިލީހުގައި މަރުތަޅު އެޅުވީ އަމީންއާމާއި ރައީސް ނަޝީދު, މައްސަލަ ސްޕްރީމް ކޯޓަށް ވައްދަން ޖެހޭ: މަވޯޓާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުއްޓުވާލާފައިވަނީ, މަޖިލީހުގެ ރައީސް, މުޙައްމަދު ނަޝީދާއި މަޖިލީހުގެ އަމީންއާމުގެ ރޭވުމެއްގެ ތެރެއިން ކަމަށާއި, އެކަމާގުޅިގެން އެ ދެ ފަރާތަށް ދައުވާ ކުރަން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ ރައީސް, އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހަށް ތާވަލްކުރި ނަމަވެސް ކޮމިޓީން ނިންމަން ޖެހޭ ބައެއް ކަންކަން ނުނިމޭ ކަމަށްބުނެ މައްސަލަ ވަނީ ޕާކްކޮށްފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވުމާއި ގުޅިގެންނާއި، މިނިވަން މެމްބަރެއްގެ ގޮތުގައި އިންނެވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު އެމްޑީޕީއާއި ގުޅުމުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ ކޮމްޕްޒިޝަން އެކުލަވާ ނުލެވި މަޖިލީހުގެ ކޮމެޓީތައް ވަނީ ހުއްޓިފައެވެ. މި ދައުރުގައި މަޖިލީހުގައި އެއްވެސް ކޮމިޓީއެއްގެ ބައްދަލުވުމެއް އަދި ބާއްވާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ޝަރީފް ވިދާޅުވީ, މަޖިލީހުގައި މަރުތަޅު އެޅުވި މައްސަލައިގައި ރައީސް ނަޝީދާއި މަޖިލީހުގެ އަމީންއާއްމުގެ މައްޗަށް ދައުވާ ކުރަން ޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދު މަޤާމުން ދުރުކުރާ މައްސަލަ ކުރިޔަށް ނުދާތީ, އެމަނިކުފާނު މަޤާމުން ދުުރުކުރަން ސްޕްރީމް ކޯޓަށް ދާންޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަވޯޓާ ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވީ, މަޖިލީހުގައި މަރުތަޅު އަޅުވާފައިވަނީ މަޖިލީހުގެ އިދާރީ މުވައްޒިފުން ބޭނުންކޮށްގެން ކަމަށާއި, އެ ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅުއްވަން ޖެހޭ ކަމަށެވެ.

Ads by Ooredoo
  1. ވަރޭ

    ތިވަރައްް ކެވިއްޖެއްޔާާ ހިތުންފިލުވާލަންް ވަގުތުކޮޅެއްް ނެގުމަކީީ ކޮއްފާނެކަމެއްް

  2. މަޖޫރީ

    މިކަލޭގެެ މިހާވަރަކައްހަޅޭލަވަނީީ ކީއްވެގެންތޯޯ ބަލަންޖެހޭއެއުޅެނީީ އާދައިގެެ އެއްޗެއްގެއްލޭތީނޫންކަމައްް ގަބޫލުކުރެވޭޭ

  3. ޢަލި

    ދެން ލިޔަނީ ދޯ ހަމަ… ލިޔެވޭ އެއްޗެއް ނޭގުނަސް ދެން ހަމަ ލިޔަނި…. .އެމަނިކުފާނު މަޤާމުން ދުުރުކުރަން ސްޕްރީމް ކޯޓަށް ދާންޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.