ޚަބަރު އިޖުތިމާޢީ

ހައްޖުވެރިން ފުރަންފެށުން: އެއާރޕޯޓުގެ ޓްރެފިކް ފްލޯ ބާރުބޮޑުވާނެތީ ސަމާލުވާން އަންގައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މިއަދު ފުރުމަށް ހަމަޖެހިފައިވާއިރު ހައްޖުވެރިން ފުރާ ދުވަސްތަކުގައި އެއާ ޕޯޓްގެ ޓްރެފިކް ފްލޯ ބާރުބޮޑުވާނެތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

Ads by STELCO

ފުލުހުން މިއަދު ވިދާޅުވީ، ފުރަން އެއާޕޯޓަށްދާ މީހުން މިކަމަށް ސަމާލުވެ ކުރިއާލައި ފުރުމުގެ އިންތިޒާމްތައް ނިންމެވުމަށް އެދޭކަމަށެވެ. އަދި މިދުވަސްތަކުގައި ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަމުން ދާނެކަމަށާއި އެބޭފުޅުން ދެއްވާ އިރުޝާދުތަކަށް ތަބާވުމަށް އެދޭކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރާނީ މިއަދު މެންދުރު ފަހު 3:10 ގައެވެ. މިއަދު 290 މީހުން ފުރުމަށް ހަމަޖެހިފައިވެއެވެނ އެއީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ ފުރަތަމަ ގްރޫޕެވެ.

ޙައްޖުވެރިން ފުރުން ކުރިއަށް ދާނީ މި މަހުގެ 19 އާ ހަމައަށެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖުވެރިން ފުރުމާ ގުޅޭ މައުލޫމާތު ސާފުކުރަން ހާއްސަ ހޮޓްލައިނެއް ވެސް ތަޢާރަފު ކުރައްވައިފައެވެ. އެއީ 1433އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!