Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

"ތިއީ ނަޝީދު ފޮނުވި މީހެއް، ތިއީ މުގާބޭ"

"ތިއީ ނަޝީދު ފޮނުވި މީހެއް، ތިއީ މުގާބޭ"

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފު މަޖިލީހުގެ ރައީސްގެ ގޮނޑިއަށް ވަޑައިގެންނެވުމުން އެމްޑީޕީ މެމްބަރުން ޖަލްސާ ހޫނުކޮށްފިއެވެ.

މިއަދު ހެނދުނު ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އަފީފު ވަޑައިގެންނެވީ ރައީސް މުޙައްމަދު ނަޝީދާއި، ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި އޮތުމުންނެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ އެމައްސަލަ ނިމެންދެން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަމަށް ވިދާޅުވެފައެވެ.

ޖަލްސާގެ ރިޔާސަތުގައި އަފީފު އިންނެވުމާއިއެކު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވަނީ މަޖިލިސް ތަޅުމުގައި އަޑުގަދަކޮށް ޖަލްސާ ކުރިއަށް ގެންދިޔުމަށް ހުރަސް އަޅައިފައެވެ. އެގޮތުން އަފީފަކީ ރައީސް ނަޝީދު ފޮނުވި މީހެއްކަމަށް އެ މެމްބަރުން ގޮވަމުން ގެންދިޔައެވެ.

Advertisement
Ooredoo — Truecaller (box)

ގަދަ ބާރު ދައްކައިގެން ޒިމްބާބުވޭގައި ގިނަ ދުވަސްތަކެއް ވަންދެން ރައީސްކަން ކުރެއްވި، ޑިކްޓޭޓަރެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު ރޮބާޓް މުގާބޭގެ ނަމުން އަފީފާއި މުހާތަބުކޮށް އެމްޑީޕީ މެމްބަރުން މިއަދު އަޑުގަދަ ކުރި އެވެ. މިއަދުގެ ޖަލްސާގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ސުވާލު ކުރުން އެޖެންޑާކޮށްފައި އޮތްނަމަވެސް އެކަން ކުރިއަށް ގެންދިޔަ ނުދިނުމަށް މެމްބަރުން ވަނީ ފުލުފުލުގައި ނިޒާމީ މައްސަލަ ނަންގަވައިފައެވެ.

ނިޒާމީ މައްސަލައިގެ ތެރެއިން އެމްޑީޕީ މެމްބަރުން ވަނީ މަޖިލީހުގެ ޤަވާއިދާއި ޚލާފަށް ރިޔާސަތުންވެސް އަދި މަޖިލިސް އިދާރާއިންވެސް އަމަލު ކުރާކަން ފާހަގަކުރައްވައިފައެވެ. އިދިކޮޅު މެމްބަރުންވެސް ނިޒާމީ މައްސަލަ ނަންގަވައި އެމްޑީޕީ މެމްބަރުން މަޖިލިސް ކުރިއަށް ގެންދިޔުމަށް ހުރަސްއަޅާކަން ދިޔައީ ފާހަގަކުރައްވަމުންނެވެ.

އެންމެ ފަހުން މަޖިލިސް ކުރިއަށް ނުގެންދެވި ރިޔާސަތުން ވަނީ ހުސް ވަގުތުކޮޅަކަށް މަޖިލިސް މެދުކަނޑާލައިފައެވެ. 5 މިނެޓަށް މަޖިލިސް މެދުކަނޑައިލިނަމަވެސް ޖަލްސާ އަލުން ފެށީ ގާތްގަނޑަކަށް 50 މިނެޓު ފަހުންނެވެ. އަލުން ފެށިއިރުވެސް މެމްބަރުން ގެންދިޔައީ އަޑުގަދަ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް