ޚަބަރު

މަޖިލީހުގެ މަސައްކަތްތައް ހުއްޓާލުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް: އިކްރާމް

ރައުފާ ރަޝީދު ، ދެން އޮންލައިން
މެންބަރު އިކްރާމް ހަސަން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ރިޔާސަތުން އެކަހެރިވެ، މަޖީލުހެ މަސައްކަތްޔައް ހުއްޓުމަށް ގެނައުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިކްރާމް މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގެ ރިޔާސަތާއި ހަވާލުވާނެ ބޭފުޅެއް ނެތުމުގެ ސަބަބުން ޖަލްސާ ކުރިޔަށް ނުގެންގޮސް ނިންމާލުމާއި ގުޅިގެންނެވެ. އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، އެހެން ދުވަހެކޭ ވެސް އެއްގޮތަށް ރައީސް ނަޝީދު މިއަދު ވެސް 08:45 ގައި މަޖިލީހަށް ވަޑައިގަތް ކަމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރި ވުމުންނެވެ.

މިކަމާއި ގުޅިގެން އިކްރާމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުން ރިޔަސަތު ދޫކޮށްލައްވާ ރައީސް ނަޝީދުގެ ޒިންމާ އަދާ ނުކުރާ ކަމަށެވެ.

“މަޖިލީހުގެ މެމްބަރުންގެ ބޮޑު އަގުލަބިއްޔަތަކަށް ގޮން ޖައްސަވާ އުނދަގުލާ ދުއްތުރާތައް ކުރިމަތި ކުރުވާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަށް ގެނައުމަކީ ބޮޑު ކަންބޮޑުވުމެއް. މިއީ ރާއްޖޭގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް” އިކްރާމް ވިދާޅުވިއެވެ.

މަޖިލީހުގެ ރިޔާސަތާއި ހަވާލުނުވެ، މަޖިލީހުގައި ހުންނަ ކުޑަ ދަށުގައި ރައީސް ނަޝީދު އިންނެވި ފޮޓޯއެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. ރައީސް ނަޝީދާއި އެކު، އެމަނިކުފާނުގެ އަރިސް މެމްބަރުން ތިއްބެވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!