Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

އަފީފަށް އައި ފޯނު ކޯލަކާއެކު މަޖިލިސް ނިންމާލައިފި

އަފީފަށް އައި ފޯނު ކޯލަކާއެކު މަޖިލިސް ނިންމާލައިފި

ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް އައި ފޯނު ކޯލަކާއެކު މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގައި މިއަދު ފުރަތަމަ މަސައްކަތަކަށް އޮތީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހެޅުއްވުމެވެ. މިމައްސަލަ ހުށަހަޅުއްވަމުން ދަނިކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަޖިލިސް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.

އާޒިމްގެ ނިޒާމީ ނިކުތާއާއިއެކު މަޖިލީހުގައި އަޑުގަދަވެ، އިދިކޮޅު މެމްބަރުންވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވަން ވާނީ ގަވާއިދާއި އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހަމަލާ ދީ، ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލިސް ރިޔާސަތުގެ ކުރިމަތީގައި ހުއްޓިތިބެގެން ރައީސް ޞާލިޙަށް ޗޯރަށް ގޮވާފައެވެ.

Advertisement
Allied — Dhen Online (box)

މަޖިލީހުގައި މެމްބަރުންގެ ނިޒާމީނުކުތާތަކާއި އަޑުގަދަ ކުރުންތަކާއިއެކު މަޖިލީހުގެ ރިޔާސަތުން ނިންމެވީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކައި މަޝްވަރާ ކުރައްވުމަށްފަހު ޖަލްސާ ކުރިއަށް ގެންދެވުމަށެވެ.

އޭގެ ފަހުން ދެވަނަ ފަހަރަށް މަޖިލިސް ފެށުމުންވެސް ދަ ޑިމޮކްރެޓްއަށް ނޮސްވަތްވާ މެމްބަރުން ވަނީ ރިޔާސަތުގެ ކުރިމަތީގައި ހުއްޓިތިބެގެން މަޖިލިސް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅާފައެވެ.

އެ މެންބަރުން އަޑުގަދަ ކުރައްވަން ތިއްބަވަނިކޮށް އަފީފަށް ފޯނު ކޯލެއް އައިސްގެން އެ ފޯނު ނަންގަވާ މަންޒަރު ފެނެއެވެ. އަދި "މި ނިންމާލަނީ، މި ނިންމާލަނީ، މި ނިންމާލަނީ" ވިދާޅުވެ އަފީފް ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ މަޖިލިސް ޖަލްސާ ނިންމާލައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް