Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރިޔާސީ އިންތިޚާބުގައި އާޒިމާގެ ތާއީދު ނާޒިމަށް

ރިޔާސީ އިންތިޚާބުގައި އާޒިމާގެ ތާއީދު ނާޒިމަށް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް ތާއީދު ކުރަން ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ނިންމައިފިއެވެ.

އާޒިމާ ވިދާޅުވީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިޔާމަތްކުރުމަށް އުފައްދާފައިވާ މުއައްސަސާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސް ރާޢްޖޭގެ މިނިވަންކަމާޢި ގައުމުގެ ރައްކާތެރިކަން ބަލިކަށިކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ވެރިންގެ އާ ޖީލަކަށް އަދި ވެރިކަމުގެ އެންމެ މަތީ ފަންތީގައި އާ ވިސްތުންތަކަކަށް ފުރުސަތު ލިބެންޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި މިހާރުގެ ސިޔާސީ ވިސްނުންތަކުގެ މައްޗަށް ތައުލީމީ، އީޖާދީ އަދި ޒަމާނީ ވިސްނުންތަކަކަށް ފުރުސަތު ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އަދި ނާޒިމްއަކީ އޭނާގެ ސިޔާސީ އެމްބިޝަން އެއް އޮވެ، އޭނާ ހުންނެވި ޕާޓީން އެފުރުސަތު ލިބެން ނެތުމުން، އެކަން ހާމަކުރައްވައި، ޕާޓީން ވަކިވެ، ވެރިކަމުގެ ރޭހުގައި މުރާލިކަމާއެކު، ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އާޒިމާ ވިދާޅުވީ ގައުމު މިއަދު އޮތް ހާލަތުގައި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް