ދުނިޔެ

ޔުގެންޑާގެ ސްކޫލަކަށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ބޯޑަރު ކައިރީގައި ހުންނަ ސްކޫލަކަށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 25 މީހުން މަރުވެފައިވާ ކަމަށް ޔުގެންޑާގެ ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

އެގައުމުގެ ފުލުހުން ބުނި ގޮތުގައި އައިސިލް (އައިއެސްއައިއެސް) ޖަމާއަތަށް ވަފާތެރި އިރުމަތީ ޑީއާރުސީގައި ހަރަކާތްތެރިވާ ޔޫގެންޑާގެ ޖަމާއަތެއް ކަމަށްވާ އެލައިޑް ޑިމޮކްރެޓިކް ފޯސަސް (އޭޑީއެފް) އިން ލުބީރިހާ ސެކަންޑަރީ ސްކޫލަށް ހަމަލާދީ، ޑޯމިޓަރީއެއްގައި ރޯކޮށް، ކާބޯތަކެތި ވަނީ ފޭރިގަނެފައެވެ.

"މިހާތަނަށް އެ ސްކޫލުން 25 މީހެއްގެ ހަށިގަނޑު ހޯދައި، ބްވޭރާ ހޮސްޕިޓަލަށް ބަދަލުކޮށްފައިވޭ މީގެ އިތުރުން ޒަހަމްވެފައިވާ 8 މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި. އެ މީހުންގެ ހާލު އަދިވެސް ސީރިއަސް،" ޔުގެންޑާގެ ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

މި ހާދިސާގައި މަރުވި އެންމެންނަކީ ދަރިވަރުންކަމެއް އަދި ސާފެއް ނުވެއެވެ.

ޔުގެންޑާގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމާއަތްތަކުން އެގައުމުގައި ދޭތެރެ ދޭތެރެއިން މިފަދަ ނުރައްކާތެރި ހަމަލާތައް ދެމުން އަންނައިރު މިފަދަ ހަމަލާތަކުގައި އެގައުމުގެ ކުށެއްނެތް އާއްމުންގެ އެތައްބަޔަކު ދަނީ މަރުވަމުންނެވެ. އަދި އެތައްބަޔަކަށް ދަނީ ނުހަނު ބޮޑެތި ގެއްލުންތައް ލިބެމުންކަން ފާހަގަކޮށްލެވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!