ދުނިޔެ

ނޭޕާާލްގައި ފެންބޮޑުވުން: ދެ މީހަކު މަރުވެ، 26 މީހުން ގެއްލިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ނޭޕާލްގެ އިރުމަތީ ސަރަޙައްދުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ދެ މީހަކު މަރުވެ 26 މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

Ads by WAMCO

ފުލުހުންގެ އޮފިޝަލުންނާ ހަވާލާދީ ކަތުމަންޑޫ ޕޯސްޓް ނޫހުން ބުނީ މީހަކު މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށާއި ޗެއިންޕޫރު މުނިސިޕަލްޓީ-4 ގައި ހަދަމުންދާ ސުޕަ ހެވާ ހައިޑްރޯޕަވާ ޕްރޮޖެކްޓްގައި މަސައްކަތް ކުރާ އިތުރު 21 މީހަކު ގެއްލިފައިވާ ކަމަށެވެ.

ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ބިރޭންދުރަ ގޯދާރު ވިދާޅުވީ ފެންބޮޑުވުމާއި ގުޅިގެން މަސައްކަތްތެރިން ރައްކާތެރި ތަނަކަށް ބަދަލުވިކަމެއް ނުވަތަ ހެވާ ކޯރުގެ އަޑިއަށް ދިޔަ ކަމެއް އަދި ނޭނގޭ ކަމަށެވެ.

އަވަށްޓެރި ޕަންޗްތަރު ޑިސްޓްރިކްޓްގައި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު މަރުވެފައިވަނީ އޭނާގެ ގެ ހުންނަ ސަރަޙައްދުގެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުންނެވެ. އަދި ޗެއިންޕޫރުގައި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަޙައްދުގެ ފަސް މީހުން ވެސް ގެއްލިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!