ޚަބަރު

ދަގަނޑޭ ހައްޖަށް: މަބްރޫރް ހައްޖަކަށް އެދެން

ރައުފާ ރަޝީދު ، ދެން އޮންލައިން

ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

Ads by MWSC

ދަގަނޑޭ ހިމެނިފައިވަނީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހަރަދުގައި ރާއްޖެ އިން މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދެއްވި 10 މީހުންގެ ތެރޭގައެވެ. އެ ފަރާތްތަކުން އަންނަ ހުކުރު ދުވަހު ހައްޖުގެ އަޅުކަމަށް ފުރާނެއެވެ.

ދަގަނޑޭ ހައްޖުގެ އަޅުކަމަށް ފުރުމަށް ތައްޔާރުވަމުންދާއިރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ގައުމީ ޓީމު މިހާރު ތީބީ އިންޑިއާގެ ބެންގަލޫރުގައެވެ. ދަގަނޑޭ މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.

އޭނާ ބުނީ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައި އޮތުމުން، ހައްޖު މޫސުމާއި ސާފް ޗެމްޕިއަންޝިޕާ އެއް ވަގުތަކާ ދިމާވާތީ ޓީމުގައި ބައިވެރިނުވާން ކުރިން ވެސް ނިންމައިގެން ހުރި ކަމަށެވެ.

 

Ads by HDC
  1. އަހުސް

    ތިކަހަލަ ދަތުރު ތައްވެސްލިބޭނީއަމިއްައށް ހައްޖައްދެވޭވަރުގެ މީސްމީހުނަނަން

  2. އިސްމާޢީލް

    ވަރަށް ދެރަކަމެއް ނިކަމެތިން ނިކަމެތި ކުރަނީ. ޙައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވެ އެކަން ނުކުރެވޭފަދަ ނިކަމެތި އެތައްބަޔަކު ތިއްބާ ފުދުންތެރިކަން ހުންނަ މީހުނަށް އެފުރުސަތުވެސް މިދެނީ. އަޝްފާޤަށް ޙައްޖުގެ އަޅުކަން ފުރިހަމަ ގޮތުގައި މިންވަރު ކުރައްވާށި އާމީން

  3. ހުސްނޫނު

    އަނެކުންނަށް ހެވެއް ނޭދޭކަން ދިވެހިންގެ ކޮމެންޓް ތަކުންވެސް މިހުރީ ފެންނަށް. ކިތައްމެ ފުދުންތެރި މީހަކަށްވެސް އެފަދަ ނިޢުމަތެއް ލިބިދާނެ ދޯ.
    ދިވެހިން ދަސްކުރަންވީ އަނެކާގެ ކާމިޔާބީގަ ވެސް އަތްޖަހަން.