Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިތުރު 4 ދުވަސް

ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިތުރު 4 ދުވަސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިލެކްޝަން ކޮމިޝަން (އީސީ)އަށް ހުށަހެޅުމުގެ މުއްދަތު 14 ދުވަހަށް އިތުރުކުރަން ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހާ އެކު، މިހާރު ދީފައިވާ މުއްދަތަށް ހަތަރު ދުވަސް އިތުރުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައިސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ނަންތައް ބަލައިގަންނާނީ ޖުލައި 23އިން ފެށިގެން އޮގަސްޓް 7 އާ ހަމައަށް ކަމަށެވެ.

އަދި އިންތިހާބުގެ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށާއި އިންތިޚާބުގެ މުހިންމު ތާރީޚުތައް ކޮމިޝަނުން ކަނޑައަޅާފައި ވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށް ވެސް ވިދާޅުވި ހަބީބު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އޭނާ ވިދާޅުވީ ގުރުއަތުލުން އޮންނާނީ ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް އޮގަސްޓް 9 ގައި ކަމަށެވެ.

އިންތިހާބަށް ވާދަކުރުމުގެ ފޯމު ހުށަހަޅަން މީގެ ކުރިން ދެމުން އައީ 10 ދުވަހެވެ. ނަމަވެސް ހަތަރު ދުވަސް އިތުރުކޮށް އެ މުއްދަތު 14 ދުވަހަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް