ޚަބަރު

އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ރައީސް ޞާލިޙް ހޯއްދަވައިފި: މަހްލޫފް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމުގެ ފުރުސަތު އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހޯއްދަވާފައިވާކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މަޚުލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ޞާލިޙްއަށާއި ޗެއަރޕާސަން ފައްޔާޒުގެ އިތުރުން ހުރިހާ މެމްބަރުންނަށް އަރިސްކުރާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ސިޔާސީ މަޝްރަހު މިއަދު ކުރިޔަށް ދާގޮތަށް ބަލާއިރު، ގިނަ ކެނޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެއް، ފުރަތަމަ ފަހަރަށް އެއްބުރުން ކާމިޔާބު ކުރެއްވުމުގެ ފުރުސަތު ރައީސް ޞާލިހު ހޯއްދަވާފައިވާ ކަމަށެވެ.

“އެމްޑީޕީއަށް 18 އަހަރު ފުރިގެން ދާއިރު މިއީ ހޯދިފައިވާ ވަރަށް ބޮޑު ކާމިޔާބެއް” މަހްލޫފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ކަނޑައަޅާފައި ވަނީ ދަރުބާރުގެއެވެ.

Ads by HDC
  1. ޚަރަދު ކުޑަވާނެތާ ދޯ. ހަަަަަަަަަަަަަަަަަަ ހަ

  2. ކަލޭ ތިގެން ކިޔާ.އަދިވެސް ދުވަސް ކޮޅެއް އެބައޮތް .ރީލޯޑް ކޮށްލަން.މުޅިންވެސް ކަރަޕްޓް މީހުން.އެހެން ކިޔައިގެން އިބޫ ޗޯރު ހައްދައިގެން އެބައުޅޭ.އޭނަ އެހުންނަނީ ހެދިފަ.