ޚަބަރު

ގޯތި ބެހުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވަން ހިންގި ސިޔާސީ ޢަމަލެއް: އިދިކޮޅު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން ބޭއްވި އެއްވުމެއްގެ ތެރެއިން

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ލިސްޓު އިއްޔެ އާއްމު ކޮށްފައިވާއިރު، މި ސަރުކާރުން ގޯތި ބެހީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށާއި، އެކަން ކުރީ ނަހަމަ ގޮތުގައި ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީން ބުނެފިއެވެ.

Ads by STELCO

އެ ކޯލިޝަނުން މިހެން ބުނީ، ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު އިއްޔެ އާއްމު ކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލެ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ، އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ސިޔާސަތެއް ކަަމަށެވެ.

އަދި އެމަނިކުފާނަށް ދެން ވެރިކަމެއް މިންވަރުފުޅު ކުރައްވައިފިނަމަ އެ ސިޔާސަތު ތަންފީޒު ކުރައްވާ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމުގެ ޔަޤީންކަންދޭ ކަމަށްވެސް ބަޔާނުގައިވެއެވެ.

މި ސަރުކާރުން ގޯތި ބަހާފައިވަނީ ހައްޤުވާ ފަރާތްތައް ބެލުމެއް ނެތި، ނަހަމަ ގޮތުގައި ކަމަށާއި މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގި ސިޔާސީ އަމަލެއް ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

އަދި މި ސަރުކާރުން ބިންތައް ބަހާލާފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ގާތް މީހުންނާއި ސަރުކާރުގެ ބޮޑުންނަށް ކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅުން ވަނީ ހަމަހަމަކަމެއް އިންސާފެއް ނެތި ހައްގު ފަރާތްތައް ބެލުމެއް ނެތި ރާއްޖޭގެ އެތައް ރައްޔިތަކު ބާކީކޮށް ގާތް އެކުވެރިންނާއި ސަރުކާރުގެ ބޮޑުންނަށް ބިންތައް ބަހާލުމާއި ހިއްކާފައި ނުވާ ސަރަހައްދުތަކަކުން ގޯތި ހަމަޖައްސައިދީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ހިންގާފައިވާ ޖަރީމާތައް އޭސީސީއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ބެލުމަށް ވެސް ގޮވައިލައިފައެވެ.

Ads by Allied Insurance
  1. ސީލާތު

    2018 ވަނަ އަހަރު އިންތިހާބަށް ވަގުކަލޭގެ ކާމިޔާބުކުރުމަށް ރޭގަނޑު ހަތަރުދަމު ރައްޔިތުން ހޭލާ ބައިތިއްބައިގެން މީހުން ތޮއްޖައްސުވައިގެން ހިޔާ ފްލެޓަށް ފޯމްލާން އަހަރެމެން މޮޔަ ހެއްދުވި ހަނދާން ނެތުނީބާ!!! އޭރު އެކަން ކުރީ ނުފޫޒު ޯފޯރުވާކަށް ނޫންތޯ!

  2. ދިވެހި ޒުވާނުން

    ތިހެން ގޮވަގޮވައި ރައީސްކުރާނޭ ޔާމީނު ނޫން މީހެއް ނުދައްކައި ތިބެ ޕީޕީ އެމް މީހުން ހަސްނެތިވެ ބިކާޑިވަނީ ލިބޭ ވަޒީފާ ގަޑެއްވެސް ނެން ހާލު ޖެހިއްޖެ އާދޭސްކޮށް ޕީޕީ އެމް އަށް ގޮވާލަން އާންމު މެންބަރުންގެ ހައްގުގާ ޔާމީން ނޫން މީހަކު ދައްކާށޭ. ޔާމީނަށްނެތޭ ރިޔާސީ އިންތިޚާބުގަ ވާދަ ކުރާނެ ފުރުސަތެއް މޮޔަ ނުގޮވާށޭ

  3. އައިމިނަ

    ޖޭ ވިޔަސް ތަންކޮޅެއް ބޮޑުވަރު! ތިޔަތިބީ ބޮޑުތަނުން މާލޭންވެސް ބަލިވެފަ! ދެން ލަލަލާ ލަލަލާ ލާ!