Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހަނދު ދިނަސް، ވޯޓެއް ނުލިބޭނެ: ޓޮމް

ހަނދު ދިނަސް، ވޯޓެއް ނުލިބޭނެ: ޓޮމް

ރިޔާސީ އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް މާލެ ސަރަޙައްދުން ގޯތި ދިނަސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެން ވޯޓް ދޭނެ ބަޔަކު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެ އެވެ.

މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭން މާލެ ސަރަހައްދުން ގޯތި ލިބުނު ބައެއްގެ ވަގުތީ ލިސްޓު އިއްޔެ ސަރުކާރުން ވަނީ އާއްމު ކުރައްވައިފައެވެ.

މިކަމާ ގުޅިގެން ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން ދިން ގޯތިތައް ހުރީ ކަނޑުގައި ކަމަށާއި، ރައްޔިތުންނަށް "ހަނދު" ދިނަސް، ރައީީސް ޞާލިޙަށް ދެން ލިބޭނެ ވޯޓެއް ނެތް ކަމަށެވެ.

Advertisement
Ooredoo — Square (box)

"ތި އިޢުލާން ކުރާ ގޯތިތައް ހުރީ ކަނޑުގައި. ހިކިފަސްތާކު މަނިކުފާނު ދޭނެ ގޯއްޗެއް ނެތް. ހަނދު ދިނަސް ވޯޓު ދޭނެ މީހަކު ދެނެއް ނުވާނެ،" ޓޮމް ވިދާޅުވި "[މިހާރު] މަރަށް ތެޅޭތަން ނޫން ތަނެއް ނުފެނޭ."

ސަރުކާރުން އިއްޔެ ގޮތުގައި ގޯއްޗާއި ފްލެޓް ޝަރުތު ހަމަވާ އެންމެންނަށް ލިބޭނެއެވެ. މިގޮތުން އެންމެ ފުރަތަމަ ދިނުމަށް ހަމަޖެހިފައި ވަނީ، މިހާރު އިޢުލާނުކޮށްފައިވާ 5،000 ގޯއްޗެވެ.

މި ސްކީމަށް 15،164 ފޯމް ހުށަހެޅިއިރު، އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅިއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް