ޚަބަރު

މެއި މަހު އެކަނިވެސް، ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 132 މައްސަލަ!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިދިޔަ މެއި މަހު އެކަނިވެސް، ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 132 މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by MWSC

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މެއި މަހުގައި އެކަނިވެސް އެ މިނިސްޓްރީއަށް 306 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުން އެނގޭ ގޮތުގައި، މެއި މަހު ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 132 މައްސަލަ ހުށަހެޅިއިރު، އޭގެ ތެރެއިން އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. މިބާވަތުގެ 31 މައްސަލަ ހުށަހަޅައިފައިވެއެވެ.

މީގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 22 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 22 މައްސަލައާއި އިހުމާލުވުމުގެ 17 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލަ މޭ މަހު ހުށަހަޅާފައިވާ ކަމަށް ވެސް ދައްކައެވެ.

އަދި އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ނުވަ މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ހަތަރު މައްސަލަ ވެސް ހިމެނޭ ކަމަށް ދައްކައެވެ.

އަދި ހަރުކަށި ފިކުރުގެ ޖަމާޢަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތިން މައްސަލައާއި އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ކުރުމުގެ ދެ.މައްސަލައާއި ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ މައްސަލައަކާއ ިބްލެކްމެއިލް ކުރުމުގެ މައްސަލައެއް ވެސް މޭ މަހު ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މުދާ ހިފެއްޓުމާއި، މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާއި ހިފެހެއްޓުމުގެ އަމަލު ހިންގުމުގެ މައްސަލައެއް ވެސް މެއި މަހު ވަނީ ހުށަހަޅައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!