2 ދުވަސް ފަހުން މާލެ ގެއަކުން މީހެއްގެ ހަށިގަނޑު ފެނިފައިވާ ޚަބަރު ފުލުހުން ދޮގުކޮށްފި!

މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮންނަތާ 2 ދުވަސްފަހުން ފެނުނު ކަމަށް އޮންލައިން ނޫހެއް ކަމަށްވާ “ދިޑެއިލީ” އިން ރިޕޯޓް ކުރި ހަބަރު ފުލުހުން ދޮގު ކޮށްފިއެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗަށް ގެންދިޔަ ބިދޭސީއަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އިއްޔެ 11 ޖަހާއިރު ފުލުހުންނަަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެމީހާ ނިޔާވީ އިއްޔެގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި ހޮސްޕިޓަލަަށް ގެންދެވުނީ ވެސް ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެެއެވެ.
މީގެ އިތުރުން، ނިޔާވެފައިވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށާއި ތަހުގީގުން މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.