ޚަބަރު

މާލެ ސަރަހައްދުން، އިންސާފުވެރިކަމާއެކު ބިން ބެހުމަކީ ކުރެވޭނެ ކަމެއް ނޫން: މޫސާ ސިރާޖު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލޭ ސަރަހައްދުން ހިލޭ ބިން ބެހުމަކީ، އިންސާފުވެރިކަމާއެކު ކުރެވޭނެ ކަމެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް، ސަރުކާރުން ހޯމަ ދުވަހު އާއްމުކުރިއިރު، ލިސްޓަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ސަރުކާރުގެ ދިފާޢުގައި، ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވައި، މޫސާ ވިދާޅުވީ މާލޭ އޭރިއާއިން ހިލޭ ބިން އިންސާފުން ބެހުމަކީ އެކަކަށްވެސް ކުރެވޭނެ ކަމެއްނޫން ކަމަށާއި، އެކަން މެދުވެރިވެފައިވަނީ ބޭންކުތަކުން ގެންގުޅޭ ސިޔާސަތު ދޯހަޅިވުމުން ކަމަށެވެ.

“ރާއްޖެތެރޭ ރަށްރަށުގައި ގޯތި ހަދަން ބޭންކުން ލޯނު ނުލިބުނަސް، މާލެ ސަރަހައްދުން ދޫކުރި ގޯތިތައް ހެދުމަށް ބޭންކުތަކުން ލޯނުވެސް ފަސޭހަކަމާއެކު ދޭނެ. މިތަފާތު ކުރުން ނައްތާލަންޖެހޭ.” ސިރާޖު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ ނިކަމެތި މީހާއަށް ގޯތިދޭން ނެރުނު ލިސްޓުގައި މާލޭގައި ބުރިބުރިއަށް ބިޔަ ގެ ނަގައި ރާއްޖެތެރެމީހުންނަށް ކުއްޔަށްދީގެން ތިބި އެތައްމަހުޖަނުން ހިމެނޭ ކަމަށެވެ. އަދި އެއީ ބިޔަ އިމާރާތުން އެއާއިލާތަކަށް ނުފުދޭތީ ކަނޑައެޅިފައިވާ ބިންތައްކަމަށް ސިރާޖު ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓަށް ލިބެމުންދާ ޝަކުވާތަކާ ގުޅިގެން ހައުސިން މިނިސްޓްރީން ވިދާޅުވީ މިހާރު ނެރެފައިވާ ވަގުތީ ލިސްޓުގެ ބޭނުމަކީ ޝަކުވާ ހުށަހެޅުން ކަމަށާއި، ލިސްޓުގައި މައްސަލަ ހުންނާނެ ކަމަށެވެ.

ެއަދި ދާއިމީ ލިސްޓު ނެރޭނީ، މައްސަލަތައް ޙައްލު ކުރުމަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!