ބޮލީވުޑް މުނިފޫހިފިލުވުން

ޑޯން 3 ގައި ޝާހު ނުފެނިދާނެ، ރަންވީރު ފެނުން ގާތް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޑޯން 3 ގެ ލީޑް ރޯލުން ޝާހުގެ ބަދަލުގައި ރަންވީރު ފެނުން ގާތް

ޑޮން 3 އަކީ ބޮލީވުޑްގައި އެންމެ އިންތިޒާރު ކުރާ އެއް ފިލްމީ ފްރެންޗައިޒް އެވެ. މި ފިލްމުތަކުގައި މިއަދާ ހަމައަށް ވެސް ލީޑް ރޯލުން ފެނިގެން ގޮސްފައި ވަނީ ޝާހްރުކް ހާން އެވެ. މި ފިލްމުތަކަށް ބޮޑު ފޭން ބޭސްއެއް ލިބިފައިވާއިރު، ފްރެންޗައިޒްގެ ދެން އަންނަ ފިލްމަކަށް ޝާހުގެ ފޭނުން އަންނަނީ އިންތިޒާރު ކުރަމުންނެވެ.

Ads by MWSC

ނަމަވެސް މީގެ ދެތިން ހަފްތާއެއްހާ ދުވަސް ކުރިން ވަނީ އެސްއާރުކޭ ޑޮން ސީރީޒް އަށް އެނބުރި ނުދާ ކަމަށް ބުނެފަ އެވެ. ބުނެފައި ވަނީ ޑޮންގެ ތިންވަނަ ފިލްމުން ފެނިގެން ދާނީ ރަންވީރު ސިންގް ކަމަށެވެ. ބެލެވޭ ގޮތުގައި ޑައިރެކްޓަރު ފަރުހާން އަޚްތަރު ވަނީ ޑޮން 3 އަށް ރަންވީރު ކޮންފާމް ކޮށްފަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަންވީރު ސިންގް ޑޮން 3 ފިލްމުގެ ސުރުޚީއަކަށް ވާނެ އެވެ. ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގެ އެކްޓަރު ކުރިއަށް ގެންދާނީ ފްރެންޗައިޒްގެ ލެގަސީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޑޮން ފްރެންޗައިޒް އަށް ރަންވީރުގެ މޭކްއޯވާ އެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެ އެވެ. ބުނެވޭ ގޮތުގައި ވަރަށް އަވަހަށް މިކަން ރަސްމީކޮށް އިއުލާން ކުރާނެ އެވެ. ރަސްމީ އިއުލާނެއް ނެރޭނެ ކަމަށް ބެލެވެނީ އަންނަ ހަފްތާ، އޭނާގެ އުފަންދުވަހާއި ދިމާކޮށެވެ.

ރަންވީރު ސިންގް ޑޮން 3 ފްރެންޗައިޒްއާ ހަވާލުވާނެކަން އިއުލާން ކުރުމާއެކު، ސީރީޒްގެ ފޭނުންނާއި އަދި ހަމައެހެންމެ ޝާހްރުކް ޚާން ވެސް ވަނީ ހަމަ އެކަމަށް ރިއެކްޓް ކުރަން ފަށައިފަ އެވެ. އެސްއާރުކޭ ފިލްމުގެ ބައެއްގެ ގޮތުގައި ދެން ނުހިމެނުމުން ވަރަށް ގިނަ ފޭނުން ރުޅި އައިސް ކަންބޮޑުވާ ކަހަލަ އެވެ. ބައެއް އާންމުން ވަނީ އެއީ ބޮޑު ޑައުންގްރޭޑެއް ކަމަށްވެސް ބުނެފަ އެވެ.

ނަމަވެސް ރަންވީރު ސިންގްގެ ފޭނުން ތިބީ މި އަޕްޑޭޓާ މެދު އުފާވެފަ އެވެ. މިފިލްމަކީ ބޮޑު ފިލްމަކަށް ވުމާއިއެކު ރަންވީރުގެ ފޭނުންނަށް އޭނާ ތަފާތު ފެނިލުމަކުން ފެނުމުން ވަރަށް އުފާވާނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!