ޚަބަރު

ތަހްމީންގެ ދިފާއީ ހެކިތައް ބަލައިގަނެވޭނެ: ހައިކޯޓް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ ލިބޭ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު ހުށަހެޅި ދިފާއީ ހެކިތައް ބަލައިގަނެވޭނެ ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

Ads by STELCO

ތަހުމީން އަހުމަދު ހުށަހެޅި ދެ ހެއްކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކުރުމަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފައިިވާއިރު ކްރިމިނަލް ކޯޓުން ބަލައިނުގަތް ތަހުމީން ދެ ދިފާއީ ހެއްކަކީ، ހާދިސާ ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ބިނާ ކުރަން ހުށަހެޅި ދެ ހެއްކެކެވެ.

ތަހްމީން ދިފާއީ ހެކީގެ ގޮތުގައި ހަ ހެއްކެއް ހުށަަހަޅާފައިވަނީ އޭނާގެ ފަރާތުން މައިގަނޑު ދެ ކަމެއް ސާބިތުކޮށްދިނުމަށެވެ. އެއީ ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިން ތަނުގައި އޭނާ ނެތް ކަން ސާބިތުކޮށްދިނުމަށާއި ގޮއްވާލި އައިޑީ ހަރުކޮށްފައިވަނީ ތަހްމީންގެ ސައިކަލެއްގައި ނޫން ކަން ސާބިތުކޮށްދިނުމަށެވެ.

ހަމަލާ ދިން ތަނުގައި ތަހްމީން ނެތް ކަން ސާބިތުކުރަން ޝަމްއޫން ރަޝީދާއި މުހައްމަދު ޒޫމާލް ޒަރީރު ހުށަހެޅުމުން ކްރިމިނަލް ކޯޓުން ވަނީ މި ދެ ހެކި ބަލައިނުގަތުމަށް ނިންމާފައެވެ.

ހައިކޯޓުގެ ހުކުމްގައި ވެސް ބުނެފައިވަނީ ތަހްމީން ބުނާ ވާހަކަތައް ގާނޫނީ އިންޒާރުގައި ހިމަނާފައި ނުވާތީ ކުށުގެ އަމަލު ހިންގި ތަނުގައި ނެތް ކަމުގެ ދިފާއު ނެގޭނެ ގޮތެއް ތަހުމީނަށް ނެތް ކަމަށެވެ. އެހެންވެ ބޮމުގެ ހަމަލާ ދިން ތަނުގައި ތަހްމީން ނެތް ކަން ސާބިތުކުރަން ހުށަހެޅި ދެ ހެކިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!