ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާ މަޝްވަރާ ކުރެވޭނެ ގޮތެއް ނެތުމުން، އިދިކޮޅުގެ ކަންބޮޑުވުން

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާ، އެއްވެސް ކަމަކާއިމެދު މަޝްވަރާ ނުކުރެވޭތީ އެ ކޯލިޝަނުން މި ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނާ ހިއްސާ ކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ އީސީއަށް ވަޑައިގެންފައެވެ. މިކަމާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން، ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އިންތިޚާބީ ޙައްޤުތަކެއް ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށާއި، އިދިކޮޅުން މަސައްކަތް ކުރަނީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާާތް، އީސީ މެދުވެރިކޮށް މިކަންކަން ހައްލު ކުރެވޭތޯ ކަމުގައެވެ."ރިޔާސީ އިންތިޚާބަށް، ބަރާބަރު ދެ މަސް މި އޮތީ. އެމަނިކުފާނަށް، އެއްވެސް ވަރަކަށް ރިޔާސީ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަންނަވަން، ފުރުސަތު ލިބިވަޑައިނުގަންނަވާ."އަބްދުއްރަޙީމްގެ ވާހަކައިގައި، ރައީީސް ޔާމީނަށް ވަރަށް ގިނަ ރައްޔިތުންގެ ތާޢީދު އޮތްކަން ފާހަގަކުރައްވައި، ރިޔާސީ އިންތިޚާބަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވަމުން ދިޔުމަކީ ވެސް، އިދިކޮޅުން ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. ރައީީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދީފައިވާއިރު، އެމަނިކުފާނު މިހާރު ގެންދަވަނީ، 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އީސީގެ ރައީީސް ފުއާދު ތައުފީޤް ވިދާޅުވީ، ޖަލު ޙުކުމް ބާޠިލު ކުރުމުން ނޫނީ، ރައީީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ.






ކޮމެންޓް