Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޖިންސީ ގޯނާގެ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމުމާއެކު، ޢަލީ ވަހީދު ރާއްޖެ ވަޑައިގަންނަވަނީ

ޖިންސީ ގޯނާގެ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމުމާއެކު، ޢަލީ ވަހީދު ރާއްޖެ ވަޑައިގަންނަވަނީ

ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ޢަލީ ވަހީދު, މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ޢަލީ ވަހީދު ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތުރުކީގެ އިސްތަންބޫލުން މިއަދު މެންދުރު 1:00 ހާއިރުއެވެ. އަދި މާލެ ވަޑައިގަތުމަށްފަހު ނުސްވެރިންނާއި ބައްދަލުކުރައްވާނެކަމަށްވެސް މަޢުލޫމާތުލިބެއެވެ. ޢަލީ ވަހީދުގެ މައްޗަށް ދަޢުވާކުރެވޭ މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި ހިނގަމުންދަނިކޮށް، ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާތީ، އެ މައްސަލަ ކުރިއަށް ގެންދެވިފައިނުވެއެވެ.

ޢަލީ ވަހީދު ރާއްޖެއަށް ވަޑައިގަންނަވާކަމަށް އެނގިފައިމިވަނީ، އެބޭފުޅާގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދަޢުވާތައް ކުރިއަށް ނުގެންދިޔުމަށް މިދިޔަ މަހުގައި ނިންމާފައިވަނިކޮށެވެ. އެ ދަޢުވާތައް ކުރިއަަށް ނުގެންދަން ނިންމީ އެ މައްސަަލަތައް ސާބިތުކުރަން ކުރަން ހުށަހަޅާފައިވާ ހެކިތަކުން އެ މައްސަލަތައް މިހާރު ސާބިތުވާނެ ކަމަށް ޕީޖީއަށް ގަބޫލުނުކުރެއްވޭތީ އެވެ.

ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވަނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދަޢުވާއާއި، ރޭޕް ކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެކެވެ.

މީގެ އިތުރުން، ޢަލީ ވަހީދާއި ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުން އެ މައްސަލަތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ފުލުހުންނަށް ލިޔުމުން އެކަން އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތުދެއްވާފައިވެއެވެ. އެހެންވެ އަލީ ވަހީދުގެ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމީ އެ މައްސަލަތައް އަލުން މުރަޖައާކުރުމަށްފަހު ކަމަށާއި އެ މައްސަލަތަކުގައި މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކި ބަސް ކަމުގައިވާއިރު، އެ ހެކި ބަހާ ނުލައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް އެ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

Advertisement
Ooredoo — Square (box)
މި ދައުވާތައް އަނބުރާ ގެންދިޔަ ނަމަވެސް، ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފީ އަޑުއެހުމަކަށް އަލީ ވަހީދު ހާޒިރުނުވި މައްސަލައިގައި އެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވާތީ އެ ޙުކުމް ތަންފީޒުކުރަން ޖެހޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް