ޚަބަރު

އަދަބިއްޔާަތަށް ޚިދުމަތް ކުރެއްވި އާމިނަތު އައްބާސް އަވަހާަރަވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އާމިނަތު ޢައްބާސް އަވަހާރަ ވެއްޖެއެވެ.

Ads by Hajj Corporation

އޭނާ އަވަހާރަ ވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޅެންވެރިކަމަށް ޚާއްސަ ޝައުގުވެރިކަމެއް ގެންގުޅުއްވި އާމިނަތު ވަނީ ޅެން ހެއްދެވުމުގެ އިތުރުން، ޅެންވެރިކަން ދަސްކޮށްދެެއްވުމަށްވެސް ގިނަގުނަ މަސައްކަތަކެއް ކުރައްވައިފައެވެ.

އަދި އޭނާ ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނަވައި، ޅެންވެރިކަން ދަސްކޮށްދެއްވުމަށް ކޯސްތައްވެސް ކުރިޔަށް ގެންދަވާފައެވެ.

މިގޮތުން އާމިނަތު ވަނީ، ދިވެހި ނާދީއާއި، ދިވެހި ނާދީގެ އަތޮޅުގޮފިތަކާ ގުޅިގެން އަތޮޅުތަކުގަޔާއި މާލޭގައި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ އެތައް ކޯހެއް ހިންގަވާ، ޅެންވެރިކަން ކުރިއެރުވުމަށް އެތައް މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

އާމިނަތު ވަނީ ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ހާސުލު ކުރައްވައިފައިވާ ކާމިޔާބީއަށް ބަލާއިރު، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 9 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި، ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން އެއް ވަނަ އޭނާ ހޯއްދަވާފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!